މިއަހަރު ތެރޭގައި 50 ރަށެއްގެ ރަށު ކައުންސިލް އޮފީސް ގާއިމު ކޮށްދެއްވުމަށްޓަކައި ބޮޑު މަޝްރޫއެއް ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހދ. މަކުނުދޫގެ ރައްޔިތުންނާ މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، އިންވެސްޓާ ފައިނޭންސް މޮޑެލްގެ ތެރެއިން ފައިސާ ހޯދައިގެން ފުރަތަމަ ފިޔަވަހީގައި 50 ރަށެއްގެ ކައުންސިލް އިދާރާގެ އިމާރާތް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ 50 ރަށް ހިޔާރުކުރާއިރު އެންމެ ބޮޑަށް ހަލާކުވެފައިވާ، އެންމެ ޖާގަ ކުޑަ، އެންމެ ގިނަ ދުވަސްވީ ރަށްތަކަށް އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރު ތެރޭގައި އެ މަޝްރޫއު ފައްޓަވައިދެއް ވާނީ 50 ރަށުގައި އެއްފަހަރާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ހަގީގީ މާނާގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތުގައި ހިންގުމުގެ ފުރުސަތު ދޭން އަޅުގަނޑު ބޭނުންވަނީ. ރައްޔިތުންނާ ގާތުން ހިދުމަތްކުރުމަކީ އަޅުގަނޑު ހަމަ ބޭނުންވާ ގޮތް" ރައީސް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މަކުނުދޫގައި ހަދާ އެއާޕޯޓުގެ ރަންވޭ 1800 މީޓަރު ދިގު ރަންވޭއެއްގެ ގޮތުގައި ހަދައި ދެއްވާނެ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން މުޅި ރަށަށް ތަރައްގީ ލިބިގެންދާ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށާއި، މަކުނުދޫގެ މަގު ހެދުމަކީ ރަށުގެ ތަރައްގީ އަށް ނުހަނު މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވައި، އެކަން ވައުދު ވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި