ސޮވަރިން ފަންޑަށް މިހާރު 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އުތުރުގެ އަތޮޅުތަކަށް ފެއްޓެވި ދަތުރުފުޅުގައި ހއ. ކެލާއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އަހަރު ނިމޭއިރު، 130 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުންނާނެ ކަމަށެވެ. ސައީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ފަންޑުން އެއްކޮށް ހުސްކޮށްލާފައިވާ ކަމަށެވެ.
އެގޮތުން އެ ފަންޑުގައި ހުރި 400 މިލިއަން ޑޮލަރު އެ ސަރުކާރުން މާރުކޮށް، ފަންޑު އެއްކޮށް ހުސްކޮށްލާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
މި ވީ ތިން މަހުގެ ތެރޭގައި ސޮވެރިން ފަންޑަށް ވަނީ 30 މިލިއަން ޑޮލަރު ޖަމާކޮށްފައި. މިއީ ވެރިންނަކީ. ގައުމުގެ ދެކެ ލޯބިވާ ވެރިންނަކީ،" ސައީދު ވިދާޅުވިއެވެ.
ސައީދުގެ ވާހަކަފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެ ފަންޑުގައި ހުރީ 2.4 މިލިއަން ރުފިޔާ އާއި ދެ މިލިއަން ޑޮލަރު ކަމަށެވެ.
މި ފަންޑަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި ފަންޑެކެވެ. އޭރުވެސް އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވީ ސައީދެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ފަންޑު އުފެއްދީ 2017ވަނަ އަހަރުއެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި