ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ޑޮލަރުން ބޭނުން ކުރެވޭ އަދަދު ކުޑަކުރަން ނިންމާފައިވާ ވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ.
ޑޮލަރުގެ ތާށިކަން އިންތިހާ އަށް ބޮޑުވުމުން މިހާރު ޑޮލަރުން ބޭނުންކުރެވޭ އަދަދު ވަރަށް ބޮޑަށް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާތަކުގައި ބުނެފައިވެ އެވެ. އެގޮތުން ޑެބިޓް ކާޑުތަކުގެ ލިމިޓު 25 ޑޮލަރަށް، ރާއްޖެ އިން ބޭރުގައި އުޅޭ މީހުން ޑެބިޓް ކާޑުން 75 ޑޮލަރަށް އަދި ކްރެޑިޓް ކާޑުގެ ލިމިޓު ވެސް 75 ޑޮލަރަށް ކުޑަ ވާނެ ކަމަށް ބުނެފައިވެ އެވެ.
ބޭންކުން ބުނީ ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓްތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓްތައް މުރާޖާ ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އަހުމަދު ޚަލީލް ވިދާޅުވީ އެފަދަ ނިންމުމެއް ބޭންކުން ނިންމާފައިނުވާ ކަމަށެވެ.
ޔަޒްމީދު އިސްތިއުފާ ދިނުމުން ޖޭއެސްސީއަށް ރައީސްގެ އާ ބޭފުޅަކު
ވަޔާ ކަނޑުތައް ގަދަވުމުން ޔެލޯ އެލާޓު ނެރެފި
ތިން ރައީސުންގެ މަންދޫބުން ނިންމެވީ ޕާޓީތަކާ މަޝްވަރާކުރަން
ޑައިވިނަށް ދިޔަ ހަތަރު ޓޫރިސްޓުންގެ ހަށިގަނޑު ފެނިއްޖެ
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައިފި