ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކުރަން ހުޅުވާލި ފުރުސަތު ހަމަވިއިރު 13،000 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ރީރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަނުން ދިން ހަތް ދުވަހުގެ މުއްދަތުގެ ތެރޭގައި ރީރަޖިސްޓަރީ ކުރުމަށް 13،378 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
ހަބީބު ވިދާޅުވީ އޭގެތެރެއިން 11،919 މީހުން ރީރަޖިސްޓަރީ ކޮށްދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ 1459 ހުށަހެޅުން ބަލައިނުގަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭން ބޭރުގައި ވޯޓުލުމަށް ރީރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ އަދަދު ހަމަވެފައިވާއިރު ވޯޓުފޮށި ބަހައްޓަނީ މެލޭޝިޔާ އާއި ސްރީލަންކާގައި ކަމަށެވެ.
އިލެކްޝަންސް އިން ނިންމާފައި ވަނީ އަންނަ މަހުގެ 17ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. އެހެންނަމަވެސް އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް އެމްޑީޕީގެ ފަރާތުން އިސްލާހު ހުށަހަޅާފައިވާއިރު އެޕާޓީން ވަނީ އެ ތާރީހު ބަދަލު ކުރަން ހުށަހަޅައިފައެވެ.
އެ އިސްލާހުގައި ރޯދަމަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ނުބާއްވަން ވަނީ ހުށަހަޅައިފައެވެ. އަދި އިންތިހާބެއް ބާއްވާ ތާރީހު ރޯދަމަހަށް ވަންނަ ކަމަށްވާ ނަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަމަސް ނިމި އޭގެ 10 ދުވަހުން ފަހުން ކަމަށް ވެސް ބުނެފައިވެއެވެ.
ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުގެ ތާރީޚެއްގައި ބާއްވަން ޖެހިއްޖެނަމަ، ރީރަޖިސްޓަރީ ކުރުމަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަނުން ދޭނެ ކަމަށެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި