ތަރައްގީ އަށް ހުރަސް އެޅޭ ވިސްނުމަށް ޖާގަ ނުދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް (އަދުރޭ) ގޮވާލައްވައިފިއެވެ.
ރައީސް މުއިއްޒު މިއަދު ވަނީ ތ. އަތޮޅުގެ ރަށްތަކަށް ދަތުރު ފައްޓަވައިފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ތ. ގުރައިދޫ އަށެވެ. އެރަށަށް އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކާލެއްވުމަށް ހާއްސަ ޖަލްސާއެއް ބޭއްވިއިރު އެ ޖަލްސާގައި އަދުރޭ ވެސް ވަނީ ވާހަކަދައްކަވާފައެވެ. އަދުރޭ ވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ތ. ގުރައިދޫ ދާއިރާ އަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
ވިދާޅުވީ ރަށުގެ ތަރައްގީ އަށް ހުރަސް އެޅޭ ކަންކަން ނުކުރެއްވުމަށެވެ. އަދި އަމިއްލަ ކަންކަމަށް ވުރެ ރަށުގެ ތަރައްގީ އިސް ކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.
"ތަރައްގީއަށް ހުރަސް އެޅޭ ގޮތަށް ވިސްނައިދޭ ބަޔަކަށް ޖާގަ ދެވޭ ކަމަށްވަންޏާ އެ ޖާގަ ދެވެނީ އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމަށް. އެ ނިކަމެތި ކޮށްލެވެނީ އަޅުގަނޑުމެން އަމިއްލަ ރަށުގެ ތަރައްގީ. އެ ހުރަސް އެޅެނީ އަޅުގަނޑުމެން ދަރިންގެ މުސްތަގުބަލަށް،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ވެސް މިއަދު އޮތް އެންމެ ރަނގަޅު ގޮތަކީ ރައީސް މުއިއްޒުގެ ތަރައްގީއައިގެން ކުރިޔަށް ދިއުން ކަމަށެވެ. ރައީސް މުއިއްޒު ރައްޔިތުންނަށް ވީ ވައުދުތައް ސަރުކާރުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން ފުއްދަވައި ދެއްވަމުން ގެންދަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އެކަން ނުފެންނަ ބަޔަކަށް ނުފެނުނަސް ފެންނަ [ތަރައްގީ] ރައްޔިތުން ހަމަ ގައިމުވެސް އެބަ ތިބި،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގައި "ދިވެހީންގެ ރާއްޖެ" [ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ގެންގުޅުއްވި ޝިއާރު] އަށް ޖާގަ ދިނުމަށް ގޮވާލައިފައެވެ.
ބޮޑު ހަރަދެއް ސަލާމަތްވާ ކަމަށް ބުނެ ދައްކަނީ ބުހުތާނު ދޮގު: އަންޑޭ
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން