އެމްޑީޕީ އަކީ ރާއްޖެ އަށް ޑިމޮކްރަސީ ތައާރަފު ކުރުމުގައި އެންމެ ގަދައަށް މަސައްކަތް ކުރި ސިޔާސީ ޕާޓީއެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ މެންބަރުން ގިނަ ޕާޓީވެސްމެއެވެ. އެޕާޓީ އަކީ އަބަދުވެސް އައު ކަންކަން ރާއްޖޭގެ ސިޔާސީ ހަޔާތަށް ތައާރަފު ކުރާ ޕާޓީއެވެ.
މިއަހަރު އޮންނަ ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ވަނީ ފަށައިފައެވެ. އާއްމު ގޮތެއްގައި ސިޔާސީ ޕާޓީތަކުން އެތެރޭގެ އިންތިހާބުތައް ބާއްވަނީ ޕާޓީގެ ދަފްތަރަށް ބަލައިގެންނެވެ. މާޒީގައި އެމްޑީޕީން ވެސް އަމަލު ކުރަމުން ދިޔައީ އެގޮތަށެވެ.
ނަމަވެސް މިއަދު އެޕާޓީން މިއަދު ފެށި މަޖިލިސް ޕްރައިމަރީގައި އެ އުސޫލު ވަނީ ދޫކޮށްލައިފައެވެ. ވޯޓުލުން ކުރިޔަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުގައި އޮތް އެޕާޓީގެ ދަފްތަރަށް ބަލައިގެންނެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދު އެކަން ފާހަގަކުރެއްވިއެވެ. ވިދާޅުވީ އެމްޑީޕީ އަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ރާއްޖެއަށް ތައާރަފުކުރި ފަހުރުވެރި ޕާޓީ ކަމަށެވެ.
"މިއަދަކީ އަނެެއްކާވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުގައި އައު އިސްނެގުމެއް މިޕާޓީން ނެގި ދުވަހެެއް. އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ މިޕާޓީގެ މެންބަރުން ވޯޓުލާ ގޮތަށް, ސިޔާސީ ޕާޓީ އަކުން ރާއްޖޭގައި ބާއްވާ ފުރަތަމަ މަޖިލީސް ޕްރައިމަރީ އެމްޑީޕީ އިން ކުރިއަށްގެންދާ ދުވަސް،" ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެމްޑީޕީން ޕްރައިމަރީ ބާއްވަނީ 40 ދާއިރާއެއްގައެވެ. އެ 40 ދާއިރާ އަށް 149 ކެންޑިޑޭޓުން ވާދަކުރެއެވެ.
ބާކީ ހުރި 53 ދާއިރާގެ ތެރެއިން އޭދަފުއްޓާއި ނިލަންދޫ ދާއިރާ އަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލައެވެ. ދެން އޮތް 51 ދާއިރާއަށް ދެ ކެންޑިޑޭޓުން ކުރިމަތިނުލާތީ ްެ ދާއިރާތަކުގެ ޓިކެޓު 53 ފަރާތަކަށް ވަނީ ކަށަވަރުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ