ދިވެހި މަސް ދޯނިތަކަކަށް ބޭރުގެ ސިފައިން އެރި ކަމަށް ބުނާ މައްސަލަ ފެންމަތި ވެފައި ވަނިކޮށް އެ މަސް ދޯނިތަކަށް ބޭރުގެ ސިފައިން އަރާފައިވާ ވީޑިއޯ އާއްމުކޮށްފިއެވެ.
ބޭރުގެ ސިފައިން މިދިޔަ ބުދަ ދުވަހު ވަނީ ރާއްޖޭގެ މަސް ދޯނިތަކެއް ކަމަށްވާ އަސުރުމާ 3" އާއި "ނިރު 7" އަދި "މާހޯރަ 3" އަށް އަރައިފައެވެ.
އެ ދޯނިތަކަށް އެރީ އިންޑިއާ ސިފައިން ކަމަށް ބައެއް މީޑިއާތަކުގައި ކުރިން ރިޕޯޓުކުރި ނަމަވެސް އެއްވެސް ރަސްމީ އިދާރާއަކުން އެކަން ކަށަވަރެއް ނުކޮށްދެއެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި މިއަދު އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެ މަސް ދޯނިތަކަށް އަރާފައި ވަނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ. އެމީހުން ދޯނިތަކަށް އަރާފައި ވަނީ ހަތިޔާރާވެސް އެކުގައެވެ.
އެމީހުން ދޯނިތަކަށް އަރާ ތިބިއިރު އިންޑިއާ ކަނޑުގެ ސިފައިންގެ މަނަވަރެއް ވެސް އެތާ ކައިރީގައި އޮތްތަން ފެނެއެވެ.
މިދިޔަ ބުދަ ދުވަހު އެމްއެންޑީއެފް އިން ބުނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފް އިން ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް ފަހުން އެކަމުގެ ތަފްސީލެއް އެމްއެންޑީއެފް އިން އާއްމު ކޮށްފައެއް ނުވެއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު