ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މިހާރު އޮތް ފަންނީ އަދި މާލީ ޙާލަތުން އަރައިގަތުމަށް ވެވެން ހުރި ހުރިހާ އެހީއެއް، އެއްވެސް އަގަކާއި ނުލައި ސްޓެލްކޯއިން ވަމުން ގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ސްޓެލްކޯ އާއި ފެނަކަ އާއި ދެމެދު ވެވުނު ފަހުމުނާމާގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ، އެ ފަހުމުނާމާގެ ދަށުން ސްޓެލްކޯ އިން ކޮށްދޭ ގިނަ ކަންކަން ވެގެން ދާނީ އަގު ނެގުމަކާއި ނުލައި، ރައްޔިތުންނަށް ދެ ކުންފުނިން ދޭ ހިދުމަތުގެ ފެންވަރުގެ މަތިކުރުމުގެ މަގުސަދުގައި ކޮށްދޭ ކަންތައްތަކެއްގެ ގޮތުގައި ކަމަށެވެ.
"މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންނަށް ހިލޭ ކޮށްދެވެން ހުރި ހުރިހާކަމެއް ހިލޭ ކޮށްދޭނަން. މުދާ ގަންނަންޖެހިއްޖެ ނަމަ އޭގެ ކޮސްޓް އަޅުގަނޑުމެން ފެނަކައަށް ޕާސްކުރި ނަމަވެސް ވީހާވެސް ލުއި ގޮތަކަށް އަޅުގަނޑުމެން މި އެއްބަސްވުމުގެ ދަށުން މަސައްކަތްކޮށްދޭނަން"، ފަހުމީ ވިދާޅުވިއެވެ.
ފެނަކަ މިހާރު އޮތް ހާލަތުން އަރައިގަންނަ ޖެހޭކަން ފާހަގަކުރައްވާ ފަހުމީ އިތުރަށް ވިދާޅުވީ، މިއަދު އެއްބަސްވެވުނު އެއްބަސްވުމުގެ ދަށުން އެކި ދާއިރާތަކުން ފެނަކައިގެ މުވައްޒަފުންގެ ހުނަރު ތަރައްގީ ކުރުމަށް ސްޓެލްކޯ އިން އެހީވެދޭނެ ކަމަށެވެ.
"މީގެ ދަށުން އަޅުގަނޑުމެން ފެނަކައިގެ މުވައްޒަފުންނަށް މެކޭނިކަލް އިންޖިނިއަރިންގގެ ރޮގުންނާ އިލެކްޓްރިކަލް އިންޖިނިއަރިންގގެ ރޮގުން އަޅުގަނޑުމެން ތަމްރީނުދޭނަން، އަޅުގަނޑުމެންގެ ފެސިލިޓީސްތަކުގަޔާ އަދި ފެނަކައިގެ އިންޖީނުގެތަކުގަވެސް"، ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ، ފެނަކައިގައި މިހާރުވެސް ޓެކްނިކަލް ކެޕޭސިޓީ ހުރިކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެ ކުންފުނިން ހިދުމަތްދޭ ރަށްތައް ގިނަވުމުން، އެފަދަ ތަމްރީނުތަކެއްގެ ނަތީޖާއެއްގެ ގޮތުން ދެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުޅާވެ، ދެވޭ ހިދުމަތަށް ރައްޔިތުންގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށެވެ.
ކޯރަމް ހަމަނުވެ، މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި
މިދިޔަ މަހުވެސް ޑެންގީ ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ
މާލޭގެ ގެއަކުން 127 އަނބު ބިން މީހަކު ހަތަރު މަހަށް ޖަލަށް
ބަންގާޅުން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި
ގަލޮޅު ސިޓީ ޕާކު ތަރައްގީކޮށް ހުޅުވާލައިފި
"އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026" އިފްތިތާހްކޮށްފި