އެމްޑީޕީ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮތް އަދާލަތު ޕާޓީ އަށް އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ މުހައްމަދު ރާއީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ނަން ހާމަ ނުކޮށް މަކުނުދޫ ދާއިރާގެ މެންބަރު ރާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުގައި އެންމެ ބޮޑު ހިއްސާއެއް ނަގާ މުޅި ސަރުކާރު ބަލިކަށިވުމުގެ އެއް ސަބަބުކަމުގައި ވީ ކޯލިޝަންގައި ހިމެނުނު "ކުޑަ" އަދި "ބައިހަމަ" ނުވާ ޕާޓީއަކާއި ހެދި ކަމަށެވެ. އަދި ހަމަ މުޅި އެމްޑީޕީގެ އެތެރޭގައި ހަމަނުޖެހުމުގެ އަސްލުކަމުގައި އެ ޕާޓީވި ކަމަށް ރާއީ ވިދާޅުވިއެވެ.
"ނިމިދިޔަ ރިޔާސީ އިންތިޙާބުގައި މި ދެންނެވި ޕާޓީގެ ބައެއް މުހިއްމު ބޭފުޅުންނަށް ސަރުކާރު ހިމާޔަތްކޮށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެދެވޭ މަސައްކަތެއް ކޮށްދިން ކަމަކަށް އެމްޑީޕީގެ އާއްމު މެމްބަރުންނާއި ލީޑާޝިޕުން ގަބޫލެއް ނުކުރެއެވެ. ކުރިއަށް އޮށް އިންތިހާބުތަކުން އެންމެ ބޮޑަށް ފާހަގަވެގެންދާނެ ކަމަކީ، އެމްޑީޕީގެ ސަރުކާރަށާއި، އާއްމު މެމްބަރުންނަށް މި ދެންނެވި ޕާޓީގެ ބައެއް ވެރިންންގެ އިހްލާސްތެރިކަން ނެތްކަމާއި އެއީ އަބަދުވެސް އަމިއްލަ އެދުމާއިގެން ދުވާ ބައެއް ކަމުގައެވެ،" ރާއީ ވިދާޅުވިއެވެ.
އޭނާގެ ޕޯސްޓުގައި ދާއިރާ ސަލާމަތް ކުރުމަށާއި އަދި އެޕާޓީ ބަލިކުރުމަށްޓަކައި އެހެން ކޮންމެ ޕާޓީއަކާއި އެކު މަސައްކަތް ކުރަން ޖެހުނު ނަމަވެސް އެމްޑީޕީގެ މެމްބަރުންވެސް އަދި ހުދު އޭނާ ވެސް ފަސް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ރާއީ މިފަދައިން ވިދާޅުވެފައި މިވަނީ އަދާލަތު ޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައި ވަނިކޮށެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު