ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައިވާ ގޮތަށް ޒަކާތާބެހޭ މުސްތަގިއްލު ވަކި މުއައްސަސާއެއްގެ ގޮތުގައި "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ރައީސް މުއިއްޒު ރަސްމީކޮށް މިއަދު އިފުތިތާހު ކޮށްދެއްވައިފިއެވެ.
އެމަނިކުފާނު "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ މިއަދު އިސްލާމިކް މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ހަފްލާއެއްގައެވެ.
"ދިވެހިރާއްޖޭގެ ޒަކާތު ހައުސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީ ކުރުމުގެ ބޭނުމުގައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނު ކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މީގެ އިތުރުންވެސް އެ މުއައްސަސާގެ ތެރެއިން ޒަކާތުގެ އިލްމު ފެތުރުމާއި، ޒަކާތުގެ ހުކުމްތަކާމެދު އާންމުންނާ ވިޔަފާރިތަކާ ދައުލަތުގެ އިދާރާތައް ހޭލުންތެރިކުރުން ހިމެނެއެވެ. ހަމަ އެއާއެކު މިއަދު ޒަކާތް ލިބިގަންނަ މީހާ މާދަމާ ޒަކާތް ނެރޭ ތަނަވަސް މީހަކަށް ބަދަލުކުރުމުގެ އަޒުމުގައި މުހިންމު އިޖުތިމާއީ ޕްރޮގްރާމްތައް ހިންގުންވެސް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން