ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ހުރިހާ ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވިއެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. ނަމަވެސް ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރަކު ތިއްބެވެ.
ވަކި ގޮތަކަށް ވޯޓު ނުދެއްވި ހަތަރު މެންބަރުންނަކީ އެމްޑީޕީގެ ހަތަރު މެންބަރުންނެވެ. އެއީ މަނަދޫ ދާއިރާ މެންބަރު އަހުމަދު ހާރޫނާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދުއެވެ.
މިގޮތަށް ފާސްވި ނަމަވެސް މަޖިލީހުގެ ތަޅުމުގައި ކޮންމެ ވަޒީރަކަށް ވެސް ވޯޓަށް އަހާނީ ވަކިވަކިންނެވެ.
އާ ސަރުކާރުން އެކުލަވާލި ވުޒާރާތަކުގެ މަސައްކަތުގެ ތަފްސީލު މަޖިލީހަށް ފޮނުވާފައި ނުވާތީ، ވަޒީރުންނަށް ރުހުން ދިނުން ރައްޔިތުންގެ މަޖިލީހުން އޮތީ މަޑު ޖައްސާލައިފައެވެ. ނަމަވެސް މިއަދު ކޮމެޓީން އެ މައްސަލާގައި އަލުން ވޯޓަށް އަހާފައި މިވަނީ އެ މައްސަލަ މަޖިލީހަށް ފޮނުވުމުންނެވެ.
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް