މި ދުވަސްވަރަކީ ރާއްޖެއަށް ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓުތައް އަންނަ ދުވަސް ވަރަކަށް ވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓުތައް ޕާކު ކުރުމަށް ޖާގަ އިތުރުކޮށްފިއެވެ.
ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ ފަހުކޮޅާއި ޖެނުއަރީ ކުރީކޮޅު ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު އިތުރުވެއެވެ.
އެހެންކަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިތުރަށް 68 ޖެޓު ޕާކު ކުރެވޭނެ ޖާގަ ވަނީ އިތުރުކޮށްފައެވެ. މީގެކުރިން ޕާކު ކުރެވެނީ 39 ޖެޓެވެ.
ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ އެ ބަދަލަކީ އެއާޕޯޓުގެ ހުޅަނގު ދެކުނުން 27،257 އަކަމީޓަރުގެ ޖާގައިގެ އިތުރުންނާއި އެއާޕޯޓުގެ އުތުރުން 27،590 އަކަމީޓަރުގެ ޖާގަ ޕާކިން އަށް ތަރައްގީ ކޮށްގެން ލިބުނު ބައެއް ކަމަށެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން