ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދު ކުރަން ޖެހުނީ މަޖުބޫރުވެގެން ކަމަށާއި އެކަން ކުރަން ޖެހުނީ ކުންފުނި ސަލާމަތް ކުރުމަށް ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވަނީ ފެނަކަ ވެއްޓިފައި އޮތް ހާލަތު ނޫސްވެރިންނަށް ހިއްސާ ކުރައްވާފައެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު 2،700 މުވައްޒަފުން ތިބި ފެނަކަ ކޯޕަރޭޝަންގައި މިއަހަރު ނިމޭއިރު 8،000އަށްވުރެ ގިނަ މުވައްޒަފުން ތިބޭނެކަން ފާހަގަކުރެއްވިއެވެ.

މީގެކުރިން މުސާރަ ދިނުމަށްޓަކައި 20 މިލިއަން ރުފިޔާ ހޭދަކ ހޭދަކުރި ކުންފުންޏަކުން މިހާރު މަހެއްގެ މައްޗަށް 74 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ހޭދަ ކުރަން ޖެހޭ ކަމަށް މުއާޒު ވިދާޅުވިއެވެ. އެންމެ ފަހުން މުސާރަ ދިން މަހު ވެސް 79 މިލިއަން ރުފިޔާ ހޭދަ ކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު --

މުއާޒު ފާހަގަކުރެއްވި ގޮތުގައި ކޮންޓްރެކްޓު ހަމަވެގެން 904 މުވައްޒަފުން ދޫކޮށްލަން ޖެހުނެވެ. އެކަމުގެ ސަބަބުން ވެސް 5.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނުކަން ފާހަގަކުރެއްވިއެވެ.

މުއާޒުގެ ވާހަކަފުޅުގައި ކުރީގެ މެނޭޖުމަންޓުން ވަނީ ބޭކާރު ގޮތުގައި އެތަކެއް ހަރަދުތަކެއް ކޮށްފައެވެ. އެގޮތުން ލޮޖިސްޓިކްސްގެ ކަންކަމަށް އެކަނިވެސް 200 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ އަކީކުންފުންޏަށް ފައިދާ ލިބޭނެ ކަންކަމަށް އިންވެސްޓް ކުރެވެން އޮތް ފައިސާ ކަމަށްވެސް ވިދާޅުވިއެވެ.

މުއާޒު ވަނީ ފެނަކައިގެ ހުރި އިތުރު މައްސަލަތައް ދެނެގަތުމަށްޓަކައި އެކުންފުނީގެ މެނޭޖުމަންޓު އޮޑިޓެއް ހެދުމަށް ނިންމައިފައެވެ.