ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަ (އެންސީޓީސީ) ގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޒަކަރިއްޔާ މަންސޫރު އެ މަގާމުން ވަކި ކުރައްވައިފިއެވެ.
ޒަކަރިއްޔާ ވަކިކޮށް އެ މަގާމަށް މިހާރު ހަމަޖައްސާފައި ވަނީ ދާދިފަހުން ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވި މޭޖާ ޖެނެރަލް ރިޓަޔާޑް ވައިސް ވަހީދުއެވެ. މަގާމުން ވަކިކުރެއްވި ޒަކަރިއްޔާ އަކީ ސިފަިއންގެ ހިދުމަތުގައި 37 އަހަރު މަސައްކަތް ކުރެއްވުމަށްފަހު ރިޓަޔާ ކުރެއްވި ބޭފުޅެކެވެ.
މަގާމުން ރިޓަޔާ ކުރެއްވި ނަމަވެސް ޒަކަރިއްޔާ ހުންނެވީ އެންސީޓީސީގެ އިސްވެރިޔަކަށެވެ. ނަމަވެސް އާ ސަރުކާރާއެކު ޒަކަރިއްޔާ ވަނީ އެ މަގާމުން ވަކި ކުރައްވައިފައެވެ. ޒަކަރިއްޔާ ވަކި ކުރުމަށްފަހު އެމަގާމަށް އައްޔަންކުރެއްވި ވައިސް ވަހީދަކީ ވެސް 34 އަހަރު ސިފައިންގޭގައި ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ވައިސް ރިޓަޔާ ކުރެއްވީ މިމަހުގެ 12ވަނަ ދުވަހުއެވެ.
އެންސީޓީސީ އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި އިދާރާއެކެވެ. މި ސެންޓަރުގެ މައިގަނޑު މަސައްކަތަކީ، ޓެރަރިޒަމުގެ ހަރަކާތްތަކާއި ހައްދުފަހަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް ރާއްޖޭގަ އާއި، ބައިނަލްއަގުވާމީ މަސްރަހުގައި މަސައްކަތްކުރުމެވެ.
އަދި ސަރުކާރުގެ ވުޒާރާތަކާއި، އިދާރާތަކާއި މުއައްސަސާތަކުގައި ވިލަރެސް ކޮށްގެން އެފަދަ ހަރަކާތްތަކާއި ވިސްނުންތަކާ ދެކޮޅަށް މަސައްކަތް ކުރުމެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި