ހދ. ކުޅުދުއްފުށިން ފައިލޭރިއާ އަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ.
އެރަށުން ފައިލޭރިއާ އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވީ 17 މީހުންނެވެ. އެއާއެކު އެމީހުންނާއި ގުޅުން އޮތް އެހެން މީހުން ޓެސްޓު ކުރުމުން އިތުރުން ދެ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން މިހާރު އެރަށުގައި އެބަލި ޖެހިފައިވާ 19 މީހަކު އެބަހުއްޓެވެ. މި ބައްޔަކީ ރާއްޖެ އިން ނައްތާލެވިފައިވާ ބައްޔެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިންޑިއާގެ ރައްޔިތުންތަކެކެވެ. އެމީހުންނަކީ އެރަށަށުގައި މަސައްކަތްތަކެއް ކުރުމަށް ދިޔަ ބައެއް ކަމަށްވެއެވެ.
އެ ބައްޔަށް ބަޔަކު ޕޮޒިޓިވްވެފައިވާކަން އެނގުނީ އެރަށުގައި ހެލްތު ކޭމްޕެއްގެ ތެރެއިން ހެދި ސްކްރީން ޓެސްޓަކުން ކަމަށްވެސްވެއެވެ.
މި ބައްޔަކީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާ އިން ޖެހޭ ބައްޔެއް ކަމަށްވެއެވެ. މި ބައްޔަކީ ބަލި ޖެހޭތާ އެތައް ދުވަހެއް ފަހުން އަލާމާތްތައް ފެންނަ ބައްޔެކެވެ. އެހެންކަމުން ކުޅުދުއްފުށިން މިބަލި ޖެހުނު މީހުންގެ ގައިން އަދި އެފަދަ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށްވެއވެެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ