އެސްޓީއޯގެ ހައުސްތަކުގެ މެދުގައި ބޭއްވި އަޒްމީ މެމޯރިއަލް އިންޓަހައުސް ފުޓްސަލް މުބާރާތް ކާމިޔާބުކަމާއެކު ރޭ ނިންމާލައިފިއެވެ.
މުބާރާތުގެ ވަނަތަކަށް އައި ޓީމްތަކަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދް އިބްރާހިމްްއެވެ. މީގެ އިތުރުން މުބާރާތުގައި އެކި ގޮތްގޮތުން އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިންނަށް މެޑަލްއާއި ޓްރޮފީ އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ ޖެނެރަލް މެނޭޖަރުންނެވެ.
އެކި ގައުމުތަކުގެ މަސައްކަތްތެރިންގެ 6 ޓީމް، އަންހެން 6 ޓީމް، އުމުރުން 37 އަހަރުން މަތީގެ ކުޅުން ތެރިންގެ 6 ޓީމް އަދި އުމުރުން 37 އަހަރުން ދަށުގެ ކުޅުންތެރިންގެ 12 ޓީމާއެކު ޖުމްލަ 30 ޓީމް މި މުބާރާތުގައި ބައިވެރިވެފައިވެއެވެ.
ޑިސެމްބަރު މަހުގެ 8 ން ފެށިގެން ރޭގެ ނިޔަލަށް މި މުބާރާތުގެ ކުޅުން ކުރިޔަށް ގެންގޮސްފައިވަނީ ޕީކޭ ޓަރފް ދަނަޑުގައެވެ.
އަޒްމީ މެމޯރިއަލް އިންޓަހައުސް ފުޓްސަލް މުބާރާތަކީ އެސްޓީއޯ ރެކްރިއޭޝަން ކްލަބްގެ ޗެއަރމަން އަދި އައިސީޓީ ޑިޕާޓްމަންޓްގެ ވެރިޔާގެ މަޤާމްގައި ހުންނެވި މުސްތަފާ އަޒްމީގެ ހަނދާނުގައި ބާއްވަމުންދާ ފުޓްސަލް މުބާރާތެކެވެ.
އަޒްމީ އަވަހާރަވީ މާފަންނުގައި ހުންނަަ މުހައްމަދު ޖަމީލް ދީދީ މިސްކިތުގައި ލަކުޑީގެ ފަރުމާކުރުންތަކެެއްގެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ވެއްޓިވަަޑައިގެން ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯއްދަވަނިކޮށް 2019 އޭޕްރިލް 26 ވަނަ ދުވަހުއެވެ.
ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ ގައިދީއަކު އިއްޔެ ނިޔާވެއްޖެ
ފެބްރުއަރީ 1ވަނަ ދުވަހު އެކަނިވެސް 10،000އަށްވުރެ ގިނަ ފަތުރުވެރިން
އިންޑިއާގެ މުދަލުން ނަގާ ޓެރިފް 18 ޕަސެންޓަށް ކުޑަކުރަނީ
ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކަން ފަށައިފި
3 އިންތިހާބާއެކު މުޅި ދައުލަތް އޮންނަނީ "އިންތިހާބީ ހުމެއްގައި"