ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އިންޓަނޭޝަނަލް ޓާމިނަލް ގައި މުޅިން އާ ދެ ފުޑް އެންޑް ބެވަރެޖް (އެފްއެންޑްބީ) އައުޓްލެޓް ހުޅުވައިފިއެވެ.
އިއްޔެ ހުޅުވުނު އެފްއެންޑްބީ ދެ އައުޓްލެޓް އަކީ ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗްއެމްއެސްހޯސްޓް، އިން ހުޅުވި ދެ އައުޓްލެޓް ކަމަށް ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުންޏެވެ.
ވީއައިއޭ ޑިޕާޗާ ޓާމިނަލްގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެ ދެ އައުޓްލެޓް ހުޅުއްވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދާއި، ގްރޭޕް އެކްސްޕެކްޓޭޝަންސްގެ އެމްޑީ، އާމިރު މަންސޫރު އަދި އެޗްއެމްއެސްހޯސްޓުގެ އޮޕަރޭޝަންސް މެނޭޖަރު ސްރަވަން ޕަޓްނައިކެވެ.
ވީއައިއޭ އިންޓަނޭޝަނަލް ޑިޕާޗާ ފޯކޯޓް ގައި ގޮތް ހަދަން އެމްއޭސީއެލް އިން ނިންމީ އެ ސަރަހައްދުން ދަތުރުވެރިންނަށް އިތުރު ބާވަތްތަކާއި ބްރޭންޑްތައް ފޯރުކޮށްދިނުމުގެ އިތުރުން ދަތުރުވެރިންނަށް ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައެވެ.
އެމްއޭސީއެލް އާއި ގްރޭޕް އެކްސްޕެކްޓޭޝަން އަދި އެޗްއެމްއެސްހޯސްޓް އިން ކުރެވުނު މަސައްކަތުން އިއްޔެ ހުޅުވުނު އައުޓްލެޓްގެ ތެރެއިން ގްރޭޕް އެކްސްޕެކްޓޭޝަން އިން ހުޅުވި އައުޓްލެޓްއަކީ އެ ކުންފުނީގެ އަމިއްލަ ބްރޭޑެއްކަމަށްވާ "ދަ ގްރޭޕް" އެވެ. މިއީ އެކުންފުނީގެ އެފަދަ ފުރަތަމަ އައުޓްލެޓެވެ. އަދި އެޗްއެމްއެސްހޯސްޓް މޯލްޑިވްސް އިއްޔެ ރަސްމީކޮށް ހުޅުވީ ކޭއެފްސީ، ކޮސްޓާ ކޮފީ، އަދި ގްރެބް އެންޑް ފްލައި ހިންގާ އައުޓްލެޓެކެވެ. އެ ދެ ކުންފުންޏަކީ 2018 އިން ފެށިގެން އެއާ ޕޯޓުގައި ރެސްޓޯރަންޓް ހިނަގަމުން އަންނަ ދެކުންފުންޏެވެ.
އިއްޔެ ހުޅުވުނު ދެ އައުޓްލެޓް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދަކަވަމުން އެމްއޭސީއެލްގެ ސީއީއީ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެމްއޭސީއެލްގެ އަބަދުވެސް އަމާޒަކީ ވީއައިއޭ އިން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ރަނގަޅު ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި އަދި އިއްޔެ ހުޅުވިގެން މިދިޔަ ދެ އައުޓްލެޓުން ދަތުރުވެރިންނަށް ރަގަޅު ހިދުމަތެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ