ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނުކަމުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
އެގޮތުން އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ފުންނާބު އުސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ އަދި ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްކަން ވެސް މީގެކުރިން ކުރައްވާފައި ހުންނެވި މުހައްމަދު ޝަހީބެވެ.
ކުރީގެ "ހަވީރު" ނޫހުން ނޫސްވެރިކަން ފެއްޓެވި ޝަހީބު މިހާރުވެސް އަންނަނީ "އަދިވެސް" ނަމަކަށް ކިޔާ ނޫހެއް އަމިއްލަފުޅަށް ހިންގަވަމުންނެވެ.
ބްރޯޑްކޮމްގެ ރައީސްކަމުގައި ޝަހީބު ހުންނެވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެ ވެރިކަމުގައި ބައެއް ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރި މައްސަލާގައި ޝަހީބަށާއި އަދި އޭރު ބްރޯޑްކޮމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކަށް ފާޑު ކިޔުންތައް އަމާޒުވިއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން