އިސްރާއީލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމާއި ގުޅޭ ގޮތުން އދ. ގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓު އެމެރިކާ އިން ވީޓޯ ކުރުމުން ރާއްޖެ އިން އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އެޗްއީހޫގޯ ޔޮންއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ދިފާއީ ދާއިރާ އާއި، ވިޔަފާރީގެ ދާއިރާ އިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.
މީގެއިތުރުން އެ ބައްދަލުވުމުގައި ދާދި ފަހުން އދ.ގެ ސަލާމަތީ މަޖިލީހުން ޣައްޒާއާ ބެހޭގޮތުން ނެގި ވޯޓާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި އިންސާނީ އެހީތައް ލިބޭނެ މަގުތައް ހުޅުވާލުމަށް އެ ބައްދަލުކުރެއްވުމުގައި ތަކުރާރު ކުރެއްވި ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓް (ޔޫއޭއީ) އިން ސަލާމަތީ މަޖިލީހަށް ހުށަހެޅި އެ ގަރާރަށް ސަލާމަތީ މަޖިލީހުގެ 15 ގައުމެއްގެ ތެރެއިން 13 ގައުމެއްގެ ތާއީދު ވަނީ ލިބިގެން ގޮސްފައެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު