ގިނަ އަދަދެއްގެ ރަށްތަކަށް މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.
ޖޭއެސްސީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ ދެ މަގާމަށް ވެސް މުސާރައިގެ ގޮތުގައި 21،000 ރުފިޔާ ލިބޭނެ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިވިން އެލަވަންސާއި ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ލިބޭނެ ކަމަށެވެ.
އެ ދެ މަގާމަށް ވެސް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުން މަތީގެ ފަރާތްތަކަށެވެ. މީގެއިތުރުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ވެގެން ނުވާނެ ކަމަށް އިއުލާނުގައިވެއެވެ. އިއުލާނުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެގެން ނުވާނެ ކަމަށާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް އިއުލާނުގައިވެއެވެ.
މެޖިސްޓްރޭޓުން ހޯދަން އިއުލާން ކޮށްފައިވާ ރަށްތައް:
ހއ. ކެލާ
ހއ. ބާރަށް
ހއ. މާރަންދޫ
ހދ. ނެއްލައިދޫ
ހދ. ވައިކަރަދޫ
ށ. މާއުނގޫދޫ
ނ. ވެލިދޫ
ރ. އުނގޫފާރު
ބ. ގޮއިދޫ
ބ. ތުޅާދޫ
ޅ. ހިންނަވަރު
ކ. ކާށިދޫ
ކ. ދިއްފުށި
އއ. ހިމަންދޫ
އއ. މާޅޮސް
އއ. ފެރިދޫ
އދ. މާމިގިލި
ވ. ފެލިދޫ
ވ. ކެޔޮދޫ
ފ. ފީއަލި
ދ. މީދޫ
ލ. މާމެންދޫ
ލ. މާވަށް
ގއ. މާމެންދޫ
ގދ. ގައްދޫ
ގދ. ރަތަފަންދޫ
ގދ. ނަޑެއްލާ
ގދ. ފިޔޯރީ
ސ. ހިތަދޫ
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ