ޕޯލިސްޓިކް އޮވަރީ ސިންޑްރޯމް (ޕީސީއޯއެސް) އާއި އެންޑޮމެޓްރިއޯސިސްގެ ހުރިހާ ފަރުވާ އާސަންދަ އިން ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފިއެވެ.
ކެބިނެޓުގައި މިއަދު ނިންމި މުހިއްމު ބައެއް ނިންމުންތަކުގެ ތަފްސީލު ހިއްސާ ކުރުމުގެ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޓާ ސެކަރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ އެ ދެ ބައްޔަށް އާސަންދައިން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ގުޅޭ ގޮތުން ކެބިނެޓުގައި ހާއްސަ މަޝްވަރާތަކެއް ކުރެވިގެން ގޮސްފައިވާ ކަމަށެވެ.
ފިރުޒުލް ވިދާޅުވީ މިއަދުގެ ހާލަތަށް ބަލާއިރު އެ ބައްޔަކީ އަންހެން ބޭފުޅުންގެ ތެރެއިން ގިނަ ބަޔަކު، ގިނަ އަދަދަކަށް ފަރުވާ ހޯދާފައިވާ ބަލިތަކެއްކަން ފާހަގަކުރެވޭ ކަމަށެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މެޑިކަލް ޗެކަޕް ހެދުމާއި އައިވީއެފް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ތެރެއަށް ހިމެނުމަށް ނިންމާ އެކަން އިއުލާން ކުރައްވައިފައެވެ.
"އެކަން [އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދުމަތްތައް] ހިމެނޭހެން އާސަންދަ ސްކީމުގެ ގަވައިދު އިސްލާހުކޮށް ގެޒެޓު ކުރާނަން. އަދި އައިވީއެފް, އައިޔޫއައި ދެވޭގޮތުގެ އުސޫލެއް އެކުލަވާ އިއުލާނު ކުރާނަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން ރައީސް ވަނީ ފާޓިލިޓީ ކެއާ އަށް ހާއްސަ ސެންޓަރެއް ގާއިމްކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް 30 މިލިއަން ރުފިޔާގެ ހާއްސަ ފަންޑެއް ދައުލަތުގެ ބަޖެޓުން ގާއިމްކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ