އެމްޑީޕީން ހުސްވެފައިވާ އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ވަގުތީ ގޮތުން ހަމަޖެއްސި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ޕާޓީގެ ބައެއް ކޮމެޓީތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.
މިއީ ރައީސް އިބޫ އަށް ޕާޓީގެ ރައީސްކަން ވަގުތީ ގޮތުން ހަވާލުކުރެއްވި ފަހުން ޕާޓީގެ އިސް ފަރާތްތަކާއެކު މިގޮތަށް ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. އެމްޑީޕީން ބުނީ އެ ބައްދަލުވުމުގައި އެޕާޓީގެ ކެމްޕެއިން ކޮމިޓީ އާއި، މީޑިއާ ކޮމެޓީ އަދި ފިޔަވަޅުއަޅާ ކޮމިޓީގެ މެންބަރުންނާ ރައީސް އިބޫ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ރައީސް އިބޫ އަށް ޕާޓީގެ ރައީސްގެ މަގާމު ވަގުތީ ގޮތުން ދިނުމަށް ނިންމީ ދާދިފަހަކުން އެމްޑީޕީ އއ. އުކުޅަހުގައި ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުނު ގަރާރަކުންނެވެ.
ރައީސް އިބޫއަށް އެމްޑީޕީގެ ރައީސްކަން ދިނުމަށް ގައުމީ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ރައީސް އަންވަރު އިބްރާހިމެވެ. އެ ހުށަހެޅުން ފާސްވީ 47 މެންބަރުންގެ ވޯޓުންނެވެ.
އެމްޑީޕީގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން، އެ މަގާމު ހުސްވެފައި އޮންނަތާ ފަސް މަސް ވަނީވެފައެވެ.
ރައީސް އިބޫގެ ވެރިކަމުގެ ދައުރު މިދިޔަ މަހުގެ 17ވަނަ ދުވަހު ހަމަވުމުން، އެމަނިކުފާނަކީ އާންމު މެމްބަރެއްގެ ގޮތުގައި އެ ޕާޓީގައި ހުންނެވި ބޭފުޅެކެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެމްޑީޕީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކީ އެ ޕާޓީގެ އެންމެ އިސް ލީޑަރެވެ. ނަަމަވެސް ރައީސްކަމުގެ ދައުރުހަމަވުމުން، އެ ހައިސިއްޔަތު ގެއްލެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ