ހުސްވެފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެމްޑީޕީން ހުޅުވާލި ފުރުސަތުގައި އިތުރު ކެންޑިޑޭޓަކު ވާދަ ކުރަން ނެތުމުން އެޕާޓީގެ ޓިކެޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުގައި އެމްޓީސީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އާދަމް އާޒިމް އަށް ލިބިއްޖެއެވެ.
އާޒިމް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެދުވަހުގެ ހަވީރު އާޒިމް ފޯމު ހުށަހެޅުއްވުމަށް އެމްޑީޕީ އޮފީހަށް ވަޑައިގަތުމުން އޭނާގެ ފޯމާ ހަވާލުވެވަޑައިގަތީ އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.
އާޒިމްގެ އިތުރުން މާލެ ސިޓީގެ ހުސްވެފައިވާ ކައުންސިލްގެ ދެ ގޮނޑިއާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިއަށް ވެސް ޕްރައިމަރީއަކާއި ނުލާ ތިން ބޭފުޅަކަށް ވަނީ ޓިކެޓު ލިބިފައެވެ.
ޓިކެޓު ލިބުނު އިތުރު ފަރާތްތައް:
- މެދު ހެންވޭރު ދާއިރާ1. އަޙްމަދު ރިޝްވާން ރަޝީދު – ހ. ވޭމައުތު / މާލެ
- ހެންވޭރު ދެކުނު ދާއިރާ1. ޙައްވާ ނިޙްލާ – ހ. ތަރަބޫޒުގެ / މާލެ
- މާފަންނު ދެކުނު ދާއިރާ1. އަޙްމަދު ޢިމްރާން – މ. ފަޅުމަތީގެ / މާލެ
މާލޭގެ މޭޔަރު ކަމަށް އާޒިމްގެ އިތުރުން ބައެއް އެހެން ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
އެގޮތުން ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރާއި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވެސް އެ އިންތިހާބުގައި ވާދަކުރާނެ ކަމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު