މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ އިސްކޮށް އުޅުއްވި ކަމަށް ބެލެވޭ ދެ ބޭފުޅުން ކަމަށްވާ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ އަދަބު ލުއިކޮށްދީ އެ ދެބޭފުޅުންނަށް މައާފު ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
ރައީސް ސޯލިހު މި ދެ ބޭފުޅުންނަށް މައާފު ދެއްވުމާއެކު މި ދެބޭފުޅުން މިހާރު ވަނީ މިނިވަންވެފައެވެ. މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގައިވާ ގޮތުން ކުށްވެރިންނަށް މައާފު ކުރުމާއި ނުވަތަ ކުށްވެރިން ކޮށްފައިވާ އަދަބު ލުއި ކޮށްދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވެއެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި އަދީބަށް ކުރިން ކުރި ހުކުމްތައް ބާތިލް ކުރުމުން އޭނާގެ މައްޗަށް އިތުރު 20 އަހަރުގެ ޖަލު ހުކުމެއް އިއްވީ މި ސަރުކާރުގައި 2020 ވަނަ އަހަރު އެވެ. އަދި ޒިޔަތުގެ މައްޗަށް ކުރިން އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް އޮއްވާ އިތުރު 12 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ ދެ މަސް ވެސް އަދި ނުވެ އެވެ. އެ ބޭފުޅުން ޖަލުގައި ދުވަސްތަކެއް ހޭދަކުރި ނަމަވެސް ދައުލަތުން ގެއްލުނު 1.2 ބިލިއަން ރުފިޔާގެ ތެރެއިން އެއްވެސް މިންވަރެއް މިހާތަނަށް ހޯދިފައެއް ނެތެވެ.
އަދީބާއި ޒިޔަތަށް މި ސަރުކާރު އައުމަށްފަހު ގޭ ބަންދުގައި ތިބެގެން ހުކުމް ތަންފީޒު ކުރުމުގެ ފުރުސަތު ސަރުކާރުން ދިނުމުން ވެސް ގިނަ ބަޔަކު ފާޑު ކިޔަމުންދިޔަ އެވެ
		
										
										
		
		
		
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު								
														
							
								ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ