ރާއްޖެއިން ބޭރު ގައުމުތަކުގެ އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުން ރާއްޖެ އައުމަށް ފޮރިން މިނިސްޓްރީން އަންގައިފިއެވެ.
ފޮރިން މިނިސްޓްރީން ވަނީ ބޭރުގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގެ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުން އެނބުރި ރާއްޖެ އައުމަށް އަންގައިފައެވެ. ރާއްޖެ އައުމަށް އަންގާފައި ވަނީ މިމަހުގެ 18ވަނަ ދުވަހުގެ ކުރިންނެވެ.
ފޮރިން މިނިސްޓްރީން އެގޮތަށް އަންގާފައި ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން އެގޮތަށް އަންގަވާފައި ވާތީ ކަމަށްވެއެވެ.
މި ސަރުކާރުގެ އެމްބަސީތަކުގައި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ބޮޑެތި މުސާރާގައި ތިބި ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީން މީގެކުރިން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
އިންތިހާބީ ރައީސް މުއިއްޒު ވަނީ ވެރިކަމެއްގައި ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ