ޣައްޒާއަށް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމަކީ ތެލްއަވީވްއިން ވަށާލާފައިވާ ފަލަސްތީނުގެ އެންކްލޭވްއާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި އޮތް ކުރެވިދާނެ ކަމެއް ކަމަށް އިޒްރޭލުގެ މިނިސްޓަރަކު ވިދާޅުވެފައި ވާތީ އެކަން ރާއްޖެ އިން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި އިޒްރޭލު ސަރުކާރުގެ ވަޒީރަކު ދާދި ފަހުން، ޣައްޒާގެ ވަށާލާފައިވާ ސަރަހައްދަށް ނިއުކްލިއާ ބޮމެއް ބޭނުންކުރުމަކީ އޮޕްޝަނެއް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ވާހަކައެއް ރަމްޒުކޮށްދޭ ވާހަކަތަކަށް އިސްރާއީލު ސަރުކާރުން އެކަށީގެންވާ ޖަވާބެއް ނުދޭތީ ދިވެހި ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކުށެއްނެތް އާއްމުންނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައު އަށް ވަގުތުން ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ފުރުސަތުދީ ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށް ވަނީ ގޮވާލައިފައެވެ.
އިމިގްރޭޝަންގެ ރެއިޑު މިފަހަރު އަމާޒުކުރީ ފުޑްކޯޓަށް
ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުން މަޑުޖެހިއްޖެ: ނަޝީދު
ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ
ސެކިއުރިޓީ ކަނޑާލިއަސް، މުޒާހަރާއަށް ދާނަން: ނަޝީދު
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި