ފަލަސްތީނު ރައްޔިތުންނަށް ވުރެ ވަކިން ބޮޑަށް، ހައްގުތަކުން މަހްރޫމް ކުރެވި ނިކަމެތި ކުރެވިފައިވާ އެހެން ބަޔަކު އަދުގެ ދުނިޔޭގައި ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 36ވަނަ ނަސްރުގެ ދުވަހާއި ގުޅިގެން ރައީސް ސޯލިހް ފޮނުއްވި ހިތާބެއްގައި މިއަދު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާއި ފަލަސްތީނުގެ ހާލަތާއި މެދު ކަންބޮޑުވުންފާޅު ކުރައްވައިފައެވެ.
އެގޮތުން ރައީސްގެ ހިތާބުގައި ވަނީ ނުރައްކާތެރި ލާއިންސާނީ އުދުވާންތަކާއި ކުރިމަތިލާންޖެހިފައިވާ، މުސްލިމް އަހުންނާއި އުހުތުންގެ ވޭނާއި ކެކުޅުމުގެ އަޑުތައް ވަށައިގެން ގުގުމަމުންދާ ކަމަށް ވިދާޅުވެފައެވެ.
ފަލަސްތީނުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަނެ، ޒަޔަނިސްޓުންގެ އިސްތިއުމާރީ އަޅުވެތިކަމުގައި ފަލަސްތީނުގެ ރައްޔިތުން ކަސްތޮޅު އަޅުވާފައި ތިބޭތާ 75 އަހަރު ވެގެން ދިޔައިރު، ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން މިއަދު ތަހައްމަލު ކުރަމުން ދަނީ މިޒަމާނުގެ އިންސާނީ ތާރީހު ނުދެކޭހާ އަނިޔާވެރި ލާއިންސާނީ އަމަލުތަކެއް ކަމަށް ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.
"ބައިނަލްއަގުވާމަި މުޖުތަމައުހެ ހުރިހާ ކަންކޮޅެއްގައި، ޒަމާނީ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ އަޑު ގުގުމަމުންދާ މި ޒަމާނުގައި، ފަލަސްތީނުގެ ރައްޔިތުންނަށް ވުރެ ވަކިން ބޮޑަށް، އެ ހައްގުތަކުން މަހްރޫމް ކުރެވި ނިކަމެތި ކުރެވިފައިވާ އެހެން ބަޔަކު އަދުގެ ދުނިޔޭގައި ނެތެވެ" ރައީސް ސޯލިހް ވިދާޅުވިއެވެ.
ނަސްރުގެ ދުވަހުގެ ހިތާބު ރައީސް ސޯލިހް ނިންމަވާލެއްވީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ތަހައްމަލު ކުރަމުންދާ ނިކަމެތިކަމުން އެމީހުން މިންޖުކުރައްވައި، ފަލަސްތީނުހެ ހިތްވަރުގަދަ މުޖާހިދުންނަށް ފުރިހަމަ ނަސްރެއް ދިނުމަށް އެދި ދުއާ ދަންނަވަމުންނެވެ.
ބޮޑު ހަރަދެއް ސަލާމަތްވާ ކަމަށް ބުނެ ދައްކަނީ ބުހުތާނު ދޮގު: އަންޑޭ
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން