ތިލަފުށީ ފޭސް ދޭއް ހިއްކުމަށް ކަނޑައެޅިފައިވާ އޭރިއާތަކުގެ ތެރެއިން ފުރަތަމަ އޭރިއާ (އޭރިއާ ބީ) ހިއްކާ ނިމިއްޖެއެވެ.
އާބަންކޯ އިން ބުނީ އެއީ 39.6 ހެކްޓަރުގެ ސަރަހައްދެއް ކަމަށެވެ. އެ އޭރިއާ ހިއްކާ ނިމުމާ އެކު، އޭރިއާ އޭ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭރިއާ އޭ ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް އާބަންކޯ އިން ބުންޏެވެ. އޭރިއާ އޭގެ ގޮތުގައި ހިއްކުމަށް ހަމަޖެހިފައި ވަނީ 71.5 ހެކްޓަރުގެ ސަރަހައްދެކެވެ.
ތިލަފުށީގެ ސިނާއީ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާއި އިރުޝާދުގެ ދަށުން އާބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ތިލަފުށީގެ ބިން ހިއްކާ ނިމުމުން، ތިލަފުށި މާސްޓަރ ޕްލޭންގެ ދަށުން އުމްރާނީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރިގޭ ބޭނުންތަކަށް ޖާގަ ތަނަވަސް ކޮށްދިނުމުގެ ގޮތުން ބޮޑެތި ބިންތައް ދޫކުރުމަށް ކަނޑައެޅިފައި ވެއެވެ.
އާބަންކޯ އިން ބުނީ އެކަމުގެ ސަބަބުން ތަރައްގީގެ މަސައްކަތްތަކާއި އިގްތިސާދީ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން މި ސަރަހައްދަށް އިގްތިސާދީ ގޮތުން އިންގިލާބީ ކުރި އެރުންތަކެއް އަންނާނެ ކަމަށެވެ.
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި
ސިވިލް ކޯޓުގެ ގާޒީ ކަމަށް ބޮޑު ތަރުހީބެއް، 42 މީހަކު ކުރިމަތިލައިފި
އިމިގްރޭޝަންގެ ރެއިޑު މިފަހަރު އަމާޒުކުރީ ފުޑްކޯޓަށް
ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުން މަޑުޖެހިއްޖެ: ނަޝީދު
ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ