ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އަށް ހަމަލާދިން މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މޫކޭ އަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެކްސްގައި ރޭ މޫކޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ހަވީރު އޭނާގެ ދަރިފުޅާއެކު ސައިކަލުގައި ދަނިކޮށް އޭނާއަށާއި ދަރިފުޅަށް އަވަގުރާނަ ގޮވާ ގަޔަށް އަތްލާ މީހަކު މާރާމާރީ ހިންގާފައިވާ ކަމަށެވެ.
އަދި ވިދާޅުވީ ދަރިފުޅާއި މޫކޭ މަރާލާނެ ކަމަށްބުނެ އިންޒާރުވެސް އެމީހާ ދީފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ. މޫކޭ ވަނީ އޭނާ އަށް އިންޒާރުދީ މާރާމާރީ ހިންގި މީހާގެ ފޮޓޯ ވެސް ހިއްސާ ކުރައްވާފައެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ