ފަލަސްތީނުގައި ގާޒާގައި ހުންނަ އަލްގުދުސް ހޮސްޕިޓަލަށް ބޮން އަޅާނެ ކަމަށް ބުނެ އިޒްރޭލުން އިންޒާރު ދީފިއެވެ.
ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން އާދީއްތަ ދުވަހު ބުނީ އެ އެ ހޮސްޕިޓަލް ވަގުތުން ހުސްކުރުމަށް ގޮވާލައި އިޒްރޭލުނ ސިފައިން އިންޒާރުތަކެއް ދީފައިވާ ކަމަށެވެ.
ގާޒާގެ ތަލް އަލް ހަވާ ސަރަހައްދުގައި ހުންނަ އެ ހޮސްޕިޓަލުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ ހެނދުނުން ފެށިގެން އެ ހޮސްޕިޓަލާއި 50 މީޓަރު ކައިރީގައި ބޮން ގޮއްވާލާފައިވާ ކަމަށެވެ.
ޕީއާރުސީއެސް އިން ބުނީ އެ ހޮސްޕިޓަލުން މިހާރު ވެސް އެތައް ސަތޭކަ މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އައިސީޔޫގައި ތިބި މީހުންނާއި އިންކިއުބޭޓަރުގައި އަލަށް އުފަންވާ ކުދިން ވެސް ހިމެނޭ ކަމަށެވެ.
ހޮސްޕިޓަލަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފައި މިވަނީ ފާއިތުވި ދުވަސްތަކުގައި ގާޒާގެ ހޮސްޕިޓަލްތަކަށް އިޒްރޭލުން ބޮން އަޅާލާފައި ވަނިކޮށެވެ. އެ ހަމަލާތަކުގައި 8000 އެއްހާ މީހުން ޝަހީދު ކޮށްލާފައިވާއިރު ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
މި މަހުގެ 17 ވަނަ ދުވަހު އަލްއަހްލީ އަރަބް ހޮސްޕިޓަލުގައި ދިން ބޮމުގެ ހަމަލާގައި ގާތްގަނޑަކަށް 500 އެއްހާ މީހުން ޝަހީދުވި އިރު އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ މީހުންނެވެ. ނަމަވެސް ހޮސްޕިޓަލުގައި ބޮން ގޮއްވާލުމުގައި ދައުރެއް ނޯއްނާނެ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ