މުއާސަލަތީ ހިދުމަތްތައް މެދުކެނޑިފައިވާ ގާޒާ އަށް އަލުން އިންޓަނެޓުގެ ހިދުމަތް ލިބެން ފަށާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފިއެވެ.
އިންޓަނެޓް މޮނިޓަރިން ގްރޫޕް ނެޓްބްލޮކްސް އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ރިއަލް ޓައިމް ނެޓްވޯކް ޑޭޓާއިން ދައްކާ ގޮތުގައި ގާޒާއަށް އިންޓަނެޓްގެ ހިދުމަތް އަލުން އިއާދަވެފައިވާ ކަމަށެވެ.
މީގެއިތުރުން ގާޒާގައި މިވަގުތު ތިބި ބައެއް ނޫސްވެރިން ވެސް ވަނީ ފޯނު ކޯލްކޮށް ސޯޝަލް މީޑިއާއަށް ވަނުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ބުނެ އެކްސްގައި ޕޯސްޓު ކޮށްފައެވެ.
ހުކުރު ދުވަހުގެ ރޭ ގާޒާ އަށް އިސްރާއީލުން ވަނީ ފަހުގެ ތާރީހެއްގައި ހަމަލާ ނުދޭ ވަރަށް ހަމަލާދީ އެތައް ބައެއް ޝަހީދު ކޮށްލައިފައެވެ. އެ ހަމަލާތަކާއެކު ގާޒާގެ މުއާސަލާތީ ހިދުމަތް އެއްކޮންހެން ކެނޑި ދުނިޔެއާ ގުޅުން އެއްކޮށް ކެނޑުނެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ