ވ. ރަކީދޫގައި އަލަށް އިމާރާތްކުރި ސްކޫލް ހުޅުވައި ތިން ކުދިންނާއެކު ކިޔަވައިދޭން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ރަކީދޫ ސްކޫލްގައި ކިޔަވައިދޭން ފަށާފައިވަނީ ސެޓެލައިޓް ސްކޫލް ނިޒާމުން ކަމަށެވެ.
މިނިސްޓްރީން ބުނީ ރަކީދޫ ސްކޫލްގައި ކިޔަވައިދޭން ފެށުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ކިޔަވައިދޭ ސްކޫލެއް ހުންނާނެ ކަމަށެވެ.
އޭގެ ތެރެއިން ހަ ރަށެއްގައި ސެޓެލައިޓު ސްކޫލު ގާއިމް ކުރެވިފައިވާއިރު އެއީ ރަކީދޫގެ އިތުރުން ބ. ފެހެންދޫ، ބ. ފުޅަދޫ، ގއ. ކޮނޑޭ، އދ. ދިއްދޫ އަދި ވ. ތިނަދޫއެވެ.
ރަސްމީކޮށް މިދިޔަ އަހަރުގެ ޖެނުއަރީ 17ވަނަ ދުވަހު އިފްތިތާހު ކުރި ސެޓެލައިޓް ސްކޫލަކީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލު ނުހިންގޭ ރަށްރަށުގައި ކުރިއަށް ގެންދާ އޮންލައިން ސްކޫލިން ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުގެ ތެރެއިން ކިޔަވައިދޭ މައި މަރުކަޒަކީ ހުޅުމާލޭ ހުރަވީ ސުކޫލެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ