ގާޒާގެ ރައްޔިތުންނަށް 27 ޓަނުގެ އިންސާނީ އެހީ ފޯރުކޮށްދޭނެ ކަމަށް ރަޝިޔާގެ ހާރިޖީ ވުޒާރާއިން ބުނެފިއެވެ.
ގާޒާއަށް ބޭނުންވާ އެހީ ހިފައިގެން ދަތުރުކުރާ މަތިންދާ ބޯޓު މިސްރު-ގާޒާ ރަފާހު ކްރޮސިންއާ ގާތްގަނޑަކަށް 50 ކިލޯމީޓަރު (31 މޭލު) ދުރުގައި އޮންނަ މިސްރުގެ ސިޓީއެއް ކަމަށްވާ އެލް އަރީޝް އަށް ދަނީ ދަތުރުކުރަމުންނެވެ.
ރަޝިޔާއިން ފަލަސްތީނަށް އެހީ ފޯރުކޮށް ދިނުމަށް ނިންމާފައި މިވަނީ ގާޒާއާ އެކު މިސްރުގެ ބޯޑަރު ކްރޮސިން އަލުން ހުޅުވައި އިންސާނީ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރާ 20 ޓްރަކަށް ހުރަސްކުރުމުގެ ހުއްދަ ދިނުމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އެއްބަސްވެވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ބައިނަލްއަގްވާމީ ގިނަ ގައުމުތަކަކުން، ހާއްސަކޮށް އަރަބި ދުނިޔޭގެ ގައުމުތަކުން ދަނީ ކުށްވެރިކުރަމުންނެވެ. އދގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިއަރޭޒް އިއްޔެ ވަނީ އިޒްރޭލާ ހަމާސް ޖަމާއަތާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް ގޮވާލާފައެވެ.
އިޒްރޭލުން ގާޒާގެ އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ ކުށްވެރިކުރަމުން ގުޓެރޭޒް ވިދާޅުވީ ހޮސްޕިޓަލްތަކާއި ސިއްހި މުވައްޒަފުންނަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހިމާޔަތް ލިބިފައިވާ ބައެއް ކަމަށެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު