އިސްރާއީލުން ޣައްޒާ ސިޓީގެ އަލްއަހްލީ ނަމަކަށް ކިޔާ ހޮސްޕިޓަލަކަށް ދިން ވައިގެ ހަމަލާއެއްގައި ދީފިއެވެ.
އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިސްރާއީލުން ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން ޒަހަމްވެ ފަރުވާ ހޯދުމަށްޓަކައި އެތައް ހާސް ބަލި މީހުން އަލްއަހްލީ ހޮސްޕިޓަލުގައި ތިއްބާ އިސްރާއީލުން ވައިގެ ހަމަލާއެއް ދީފައިވާ ކަމަށެވެ. ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ހޮސްޕިޓަލް ގޮއްވާލުމުގެ ސަބަބުން 500 މީހުން ޝަހީދު ވެފައިވާ ކަމަށެވެ.
މީގެއިތުރުން ރެފިއުޖީންނަށް ހާއްސަކޮށް އދއިން ހިންގާ ސްކޫލަކަށް ވެސް ހަމަލާދީފައިވާ ކަމަށް އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވެއެވެ.
އެ ހަމަލާއާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެ ސަރަހައްދުގައި ތިބި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން އިސްރާއީލާ ދެކޮޅަށް "ކުރިއަށް އޮތް ގަޑިތަކުގައި" ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ސިހުން ގެނުވައި ދިން ހަމަލާ އަށް ފަހު އެ ހަމަލާ އަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން ގެންދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އެތައް އަނިޔާތަކެއް ދެމުންނެވެ. އެ އަނިޔާތަކާއި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 3،000 އަށްވުރެ ގިނަ އާއްމުން ވަނީ ޝަހީދުވެފައެވެ.
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ
ކަނު ބަނދެވި ތިބެ މިދަނީ އަނދަވަޅަކަށް ވެއްޓެން: ނަޝީދު
އެޕްސްޓީން ފައިލްގެ މައްސަލާގައި ވަހީދު އިސްތިއުފާ ދެއްވައިފި
ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ ގައިދީއަކު އިއްޔެ ނިޔާވެއްޖެ