ސިއްހީ ހިދުމަތް ދޭ ތަންތަނަށް ބޭނުންވާ ސާމާނުތައް ނުގެނައުމުގެ ސަބަބުން ބައެއް ސިއްހީ ހިދުމަތް ދޭ ތަންތަން ހުއްޓުމަކަށް އަންނަމުންދާ ކަމަށް އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ބައެއް ކޮންޒިއުމަބަލް ތަކެއްޗަކީ ވަކި އުސޫލަކުން އޯޑަރު ކުރެވި ސްޓޮކް ބަލަހައްޓަން ޖެހޭ ތަކެތި ކަމަށެވެ.
އެގޮތުން ފިރުޒުލް ވިދާޅުވީ އަހަރަކު ދެ ފަހަރު އެހެން ހުންނަ ސާމާނުތަކަށް އޯޑަރު ކުރެވިގެން ދާނެ ކަމަށެވެ.
"އެހެންނަމަވެސް މިއަހަރުގެ މިހާތަނަށް އައިއިރުވެސް މިއަހަރުގެ ދެވަނަ ހަމަސް ދުވަހަށް ބޭނުންވާ ސާމާނަށް ޕީއޯ ރެއިޒް ކޮށްފައެއް ނުވޭ ނުވަތަ އޯޑަރު ކޮށްފައެއް ނުވޭ،" ފިރުޒުލް ވިދާޅުވިއެވެ.
އޭގެ ސަބަބުން ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި ހިދުމަތްތައް ހުއްޓެމުންދާކަން ފާހަގަކުރެވޭ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ހާލަތު މިގޮތަށް ދެމިގެން ގޮސްފި ނަމަ ނޮވެމްބަރު މަހާ ހަމައަށް އަންނައިރު ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ ވަރަށް ގިނަ ހިދުމަތްތައް އެއްކޮށް ހުއްޓުމަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން