ކައުންސިލްތަކަށް އެހީތެރިކަން ދިނުމަށް އާ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާއި އެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި ހުންނަވާ އެ ކައުންސިލްގެ މުވައްޒަފުންނާއެކު ފަހު ފަހަރަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމުގައި އެމަނިކުފާނު ހޭދަ ކުރެއްވި މަދު ދުވަސްކޮޅުގެ ތެރޭގައި މާލޭގެ ތަރައްގީއަށް ކައުންސިލުން ކުރަން ޖެހުނު ގިނަ ކަންކަމަށް ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. އެހެންނަމަވެސް އެ ގޮންޖެހުންތަކާއެކު ނަމަވެސް ރަނގަޅު މަސައްކަތްތަކެއް ކުރެވިގެން ދިޔަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންތިހާބީ ރައީސް ވިދާޅުވީ ސަރުކާރުން ދޭން ޖެހުނު އެއްބާރުލުން ކައުންސިލަށް ލިބުނު ނަމަ ނުކުރެވި ހުރި އެތައް ކަމެއް މިހާރު ކޮށް ނިމިފައި ވާނެ ކަމަށެވެ. އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރައްވާ ދުވަހުން ފެށިގެން ކަންކަން ފަހި ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވާހަކަފުޅުގައި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ލިބިގެން ދިޔަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ. އަދި ކައުންސިލްގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަށް ވެސް އެމަނިކުފާނު ޝުކުރު އަދާ ކުރެއްވިއެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި