އެމްކޭޕީ ކެޕިޓަލް ކިޔާ ކުންފުންޏަކަށް 650،000 އަށް ވުރެ ގިނަ ޑޮލަރު ދައްކަން ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެމްކޭޕީއަށް 650،000 ޑޮލަރު ދައްކަން ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ހުކުމްކުރީ 1.1 މިލިއަން ޑޮލަރު ގަތުމުގެ މުއާމަލާތަކަށްފަހު އޭގެ ތެރެއިން 650،000 ޑޮލަރަށްވާ ފައިސާ ނުދައްކާތީ އެ ކުންފުނިން ދައުވާ ކުރުމުންނެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ލިލީއިން ކޯޓުގައި ބުނެފައިވަނީ އެ ފައިސާ ނަގުދު ފައިސާއިން ދީފައިވާނެ ކަމަށެވެ. ނަމަވެސް ކޯޓުގެ ހުކުމުގައިވަނީ އެކަން ލިލީއަށް ސާބިތުކޮށް ދެވިފައިނުވާ ކަމަށެވެ. އެހެންވުމުން، މިއަދުން ފެށިގެން އެއް މަސް ތެރޭގައި އެ ފައިސާ ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 10.4 މިލިއަން ޑޮލަރާއި ވަކީލު ފީ ވެސް ނަގައިދޭން އެމްކޭޕީއިން އެދުނެވެ. ނަމަވެސް ކޯޓުން ނިންމީ އެ ފައިސާ ނަގައި ނުދެވޭނެ ކަމަށެވެ.
މީހަކަށް 600،000 ޑޮލަރު ދޭން ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ކޯޓުން ހުކުމް ކޮށްފައިވެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ