ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީ އިން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއެކު ކޯލިޝަން އެއްބަސްވުން ހަދާފައި ވާނީ އެކުގައި މަސައްކަތް ކުރެވޭނެ ފަދަ ގޮތަކަށް ކަމަށް ޕީޕީއެމް/ޕީއެންސީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްއެންޕީ އިން ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކު މަސައްކަތްކުރަން އެއްބަސްވެފައިވާ ކަމަށް އެމްއެންޕީން ބުނުމުން ޕްރޮގްރެސިވް ކޯލިޝަންގެ ބައެއް އާއްމު މެންބަރުން އެކަމާ އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.
އިންތިހާބީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭއާ ނޫސްވެރިޔަކު އެ ސުވާލު ކުރުމުން އަދުރޭ ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް އޭނާ ވަޑައިގެން ހުންނެވީ ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަންގެ ފަރާތްޕުޅުން ކަމަށާއި އެ ސުވާލުތަކަށް ޖަވާބު ދޭން މިއަދު އުޒުރުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އަދުރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އައީ ވަރަށް ގިނަ ވައުދުތައް ރައްޔިތުންނަށް ވެގެން ކަމަށާއި އެ ވައުދުތައް ފުއްދުމަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދުރޭ ވިދާޅުވީ މަޖިލީހުގެ ޕްރައިމަރީގެ ވާހަކަތައް ދައްކާނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށްފަހު ކަމަށެވެ.
"އަޅުގަނޑުމެންނާއި އެބޭފުޅުން [އެމްއެންޕީ]އާއެކު މަސައްކަތް ކުރެވޭނެ ގޮތަށް އަޅުގަނޑުމެންގެ ވާހަކަތައް އަދި ލިޔެކިއުންތައް ބައްޓަން ކުރެވިފައި ވާނީ،" އަދުރޭ ވިދާޅުވިއެވެ.
އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެފައިވާ ގޮތުން ނަމަ މަޖިލިސް އިންތިހާބު ހިމެނޭ ގޮތަށް ކުރިއަށް އޮތް ފަސް އަހަރު ބާއްވާ ހުރިހާ އިންތިހާބެއްގައި އެކުގައި މަސައްކަތްކުރަން އެއްބަސްވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ހެދި ކޯލިޝަން އެގްރިމެންޓުގައި ކަމަށެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު