އިޒްރޭލުން ހަމާސް އަށް ދެމުންދާ ހަމަލާތަކުގެ ބަދަލުގައި އިޒްރޭލުންގެ ފަލަސްތީނުގެ ގާޒައަށް "ބޮމުގެ ވާރޭ'' އޮއްސާލައިފިއެވެ.
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލުން ވަނީ ގާޒާއަށް ގިނަ އަދަދެއްގެ ބޮމުގެ ހަމަލާތަކެއް ދީފައެވެ. ބޮމުގެ ހަމަލާތަކާއެކު ގާޒާގެ ބައެއް ސަރަހައްދުތައް ވަނީ ''ރަތް" ކުލައިން ފަވާލާފައެވެ. ޝޯޝަލް މިޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯތަކުގައި ގިނަ އަދަދެއްގެ ގެތަކެއްގައި އަލިފާން ރޯވެފައިވާ މަންޒަރު ފެނެއެވެ. އެ ހަމަލާގައި މަރުވީ ކިތައް މީހުން ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
އދ.ގެ ރިލީފް އެންޑް ވޯކްސް އޭޖެންސީ (ޔޫއެންއާރްޑަބްލިއުއޭ) އިން ބުނީ އިސްރާއީލުގެ ދިފާއީ ބާރުތަކުން ގައްޒާގައި ހުންނަ ހަމާސްގެ ތަންތަނަށް އަމާޒުކޮށް ހަމަލާތައް ދެމުން ގެންދާތީ ގައްޒާގެ އެތައް ހާސް ބަޔަކުގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ.
''ސަލާމަތާއި ރައްކާތެރިކަން ހޯދަން ގެދޮރު ދޫކޮށް ދާން މަޖުބޫރުވާ މީހުންގެ އަދަދު ރޭގަނޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އަދި ގެދޮރު ގެއްލިފައިވާ 74،000 އެއްހާ މީހުން މިހާރު ތިބީ ޔޫއެންއާރްޑަބްލިއުއޭގެ 64 ހިޔާއެއްގައި، ކަމަށާއި، އާންމުން ހިމެނޭ ސަރަހައްދުތައް ހިމެނޭ ގޮތަށް ވަރުގަދަ ބަޑީގެ ހަމަލާތަކާއި ވައިގެ ހަމަލާތައް ދެމުންދާތީ އެ އަދަދުތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް'' އެ އެޖެންސީގެ ބަޔާނުގައި ވެއެވެ.
ހަމާސް އިން ދިން ހަމަލާއެއްގައި އިޒްރޭލުގެ 600 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. ބެންޖަމިން ގުޅިގެން ގައްޒާގައި ހަމާސް އިން ތިބޭ ތަންތަން ''ކުދިކުދި'' ކޮށްލާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ދީފައެވެ. އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާގައި 232 މީހުން ވަނީ މަރުވެފައެވެ.
އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ދަނީ އެ ގައުމުގެ ރައްޔިތުން މެދުއިރުމަތީގެ ގައުމުތަކަށް ޒިޔާރަތް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިހާރު މެދުއިރުމަތީގެ ގައުމުތަކުގައި ތިބި އިޒްރޭލު މީހުން އެ ގައުމުތައް ދޫކޮށް ދިޔުމަށް އިލްތިމާސް ކޮށްފައެވެ.
މީގެ ކުރިން މިސްރުގެ ފުލުހަކު ވަނީ މެޑިޓެރޭނިއަން ސިޓީއެއް ކަމަށްވާ އެލެގްޒެންޑްރިއާގައި އިޒްރޭލުގެ ޓޫރިސްޓުންނަށް ހަމަލާދީ އިސްރާއީލުގެ ދެ މީހަކާއި މިސްރުގެ އެކަކު މަރާލައިފައެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު