އަމާންކަން ކަށަވަރު ނުކުރެވޭ ފަދަ ބޭފުޅަކަށް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ނުދެއްވުމަށް ހޯމް މިނިސްޓަރު އިމްރާން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިލްތިމާސް ކުރައްވައިފިއެވެ.
އެކްސްގައި އިމްރާން ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އިންތިހާބީ ރައީސް މަގާމުތަކަށް އައްޔަން ކުރައްވާ އަދި ހަމަޖައްސަވާ ބޭފުޅުންގެ ވާހަކަ ދެއްކުމަކީ އެމަނިކުފާނާ ބެހޭ ކަމެއްވެސް ނޫން ކަމަށެވެ. އެހެންނަމަވެސް މި ގައުމަކީ އޭނާގެ ވެސް ގައުމު ކަމަށް އިމްރާން ވިދާޅުވިއެވެ.
"ދިވެހި ފުލުހުންގެ ސަފުތައް ރޫޅި،މުއައްސަސާގެ މަސްލަހަތު ގެއްލި ގައުމާއި ރައްޔިތުންގެ އަމާންކަން ކަށަވަރު ނުކޮށްދެވޭ ވަރުގެ ފަރާތެއް ކޮމިޝަނަރު އޮފް ޕޮލިސް އަކަށް ނުލެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިލްތިމާސް ކުރަން،" އިމްރާންގެ ޕޯސްޓުގައިވެއެވެ.
އިމްރާން މިފަދައިން ވިދާޅުވިއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި "ހަތާވީސް" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ ، ކެބިނެޓު އެކުލަވާލުމަށް ވަކި ބޭފުޅަކު ނަމެއް ދެއްވި ނަމަވެސް އެ ނަމަކީ ކަމަށް ގާބިލް ބޭފުޅަކަށް ނުވާ ނަމަ، ކެބިނެޓަށް އައްޔަން ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ބޭނުމެއް ނޫން ކެބިނެޓަށް ހަމަ މީހަކު ލާކަށެއް. އަދި ވަކި ބޭފުޅަކު ރިކަމެންޑު ކޮށްގެނޭ ކިޔާފައިވެސް އެމީހަކީ އެކަށީގެންވާ މީހާ ކަމަށް ނުވަންޏާ އެމީހަކު ނުލާނަން،" މުއިއްޒު ވިދާޅުވިއެވެ.
ދެވުނުއަނިޔާ ހަނދާންވަރުން ހަމަނިދިވެސް ނުނިދެނީދޯ
މިއަދުއމުރާނާ މިހާރުހުރި އޭސީޕީ އެއީ މަކަރުވެރިކަމަ އަނިޔާވެރިކަމާއަމިއްކައެދުމުން.ފޯވެގެންހުރި ނުބާނުލަފާދެޖާހިލުއް
ވއިމްރާން ކަލޭ ދެން ރައްކާވޭ!
އަހްމަދުއަދިވެސް ގޮތް ކިޔައިދޭންޖެހޭތަ! ވެރިކަމުގައި އާރާބާރުގައި އުޅުނުއިރު ކަންކުރި ލާއިންސާނީ ގޮތްތައް ދަމަހައްޓަން މަސައްކަތްކުރާނެ ކަމެއްނެތް، ކޮންމެވެސް ގޯސްއެއްޗެއް ހިއްޕަވައިގެން އުޅޭ ކަހަލަގޮތަކަށް ވަކިން ސެލެކްޓްކޮށްގެން ގެންގުޅުނު ފުލުހުންގެ ވަކި ބައެއް ނެރެގެން ސިޔާސީގޮތުން ކުރެވުނު މުޒާހަރާތަކުގައި ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެތައް ބަޔަކަށް އަނިޔާވެރި ވުމަށްފަހު ނަޞޭޙަތްލައިދޭން މާތާހިރެއްނޫން، އެހަނދާންތައް ނެތޭހާދުވަހެއް އަދިނުވޭ، އެތައްބަޔަކު އެދަނީ އެވޭން ތަޙައްމަލްކުރަމުން.
މުންޖިޗޭ