ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މިރޭ 8:30ގައި ގައުމީ މަޖިލީހުގެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ އިމާދުއްދީން ސްކޫލް ހޯލުގައެވެ. މިރޭގެ ބައްދަލުވުމުގައި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ގައުމީ މަޖިލީހުގެ މެމްބަރުން ދެކިވަޑައިގަންނަވާ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ހުޅުވާލާނެއެވެ. މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.
ގައުމީ މަޖިލީހުން އެ ބަހުސް ކުރަން އެޖެންޑާކޮށްފައި ވަނީ އެމްޑީޕީ މެމްބަރުން ވޯޓު ދީގެން، ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހުން ފާސްކޮށްފައިވަނިކޮށެވެ. މަޖިލީހުގެ 35 މެމްބަރަކު ވޯޓު ދެއްވައިގެން ފާސްކުރި އެ ގަރާރު އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ވަނީ ފޮނުވާފައެވެ. އެއާ އެކު، މި މަހު 30ގައި އެ ވޯޓު ނެގުމަށް އީސީން ވަނީ މަސައްކަތް ފަށާފައެވެ.
އެމްޑީޕީ ގައުމީ މަޖިލިސް މިރޭ ބާއްވަން ނިންމާފައިވާއިރު، އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމާއި ބައެއް ދާއިރާތަކުގެ ރައީސުންގެ މަގާމު ވަނީ ހުސްވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ