މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި މުޒާހަރާ ނުކުރަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވަނިކޮށް، ޔާމީންގެ ގެކޮޅު ކައިރީގައި އެމަނިކުފާނުގެ ސަޕޯޓަރުން މިރޭ މުޒާހަރާކޮށްފިއެވެ.
އިންތިހާބުގެ ކާމިޔާބީގެ އުފަލުގައި ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ހަފްލާގައި ޑރ. މުއިއްޒު ވިދާޅުވީ ކެމްޕެއިންގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް މީޑިއާ ބައްދަލުކޮށް، ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ގޮވާލެއްވި ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި ދުވަހު ސަރުކާރުން ޔާމީން ގެއަށް ބަދަލުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ޝަރުއީ މަރުހަލާ ކުރިއަށްދާ ގޮތުން، ނޮވެންބަރު 17 ކުރިން އެމަނިކުފާނު "މިނިވަން ނުވާ ކަމަށް ވަންޏާ، މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ،" ކަމަށެވެ. އަދި ވިދާޅުވީ އާ ރައީސްގެ ގޮތުގައި ވެރިކަމުގެ ހުވާ ކުރައްވާ ދުވަހަކީ އެ ނުފޫޒު ނިމުމަކަށް އަންނާނެ ދުވަސް ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ 17 ވަނަ ދުވަހާ [ނޮވެމްބަރު 17، 2023، ރިޔާސީ ދައުރު ހަމަވާ ދުވަސް] ހަމައަށް މިދާ ޕްރޮސެސްގައި މިނިވަން ނުވާ ކަމަށް ވަންޏާ، މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ. އެހެންވީމަ މި ދަންނަވަނީ އެ ދުވަސް ވާނީ އެ ނުފޫޒު ނިމުމަކަށް އަންނަ ދުވަހަކަށޭ. އެ ހިސާބުން އެމަނިކުފާނު މިނިވަންވާނެ،" މުއިއްޒު ވިދާޅުވިއެވެ.
ޕީޕީއެމާއި ޕީއެންސީގެ މެމްބަރުންނަށް އިލްތިމާސްކޮށް މުއިއްޒު ގޮވާލެއްވީ "ކަން ކުރުމުގެ ފުރުސަތު" އޭނާއަށް ދެއްވުމަށެވެ. އޭގެ ބޭރުން މަގުމައްޗަށް ނުކުމެ "ޖަލްސާތައް ބާއްވައި، އަޑުގަދަކޮށް ހިނގާލުން" ނުބޭއްވުމަށެވެ.
"އެހެންވީމަ މި ގޮތަަށް މިކަން ކުރުމުގެ ފުރުސަތު، ހާއްސަކޮށް އަޅުގަނޑުމެން ދެ ޕާޓީގެ މެމްބަރުންނަށް އަޅުގަނޑު އެދެން ފުރުސަތު ދެއްވުމަށް. އޭގެ ބޭރުން މަގުމައްޗަށް ނުކުމެ، އެކި ކަހަލަ ޖަލްސާތައް ބާއްވައި އަޑުގަދަކޮށް ހިނގާލުން ބާއްވާކަށް އަޅުގަނޑު ނޭދެން. އެކަން ނުކުރެއްވުމަށް އެދެން،" މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑަށް މި މަސައްކަތް ރީތިކޮށް ކުރުމުގެ ފުރުސަތު ދެއްވުމަށް އެދެން. އެހެން ނޫނިއްޔާ އަޅުގަނޑަށް މި މަސައްކަތް ކުރަން ތިބޭފުޅުން ހަވާލުކުރައްވާފައި އޮތީ. ތިބޭފުޅުން ވަކި މަގަކުން ވަޑައިގެންފިއްޔާ ގައުމުގެ ހަމަޖެހުން އަޅުގަނޑު މިދަންނަވާ ގޮތަކަށް ނުލިބޭނެ."
ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު އެހެން ގޮވާލެއްވިތާ ގަޑިއެއްހާއިރު ނުވަނީސް، މިރޭ 10:30ގައި ހ. ދޫވެހި ކައިރިއަށް ޕީޕީއެމްގެ ސަޕޯޓަރުން އެއްވެ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާކުރިއެވެ. އަދި މުޒާހަރާ ކުރި މީހުންނަށް ރައީސް ޔާމީން ހިތްވަރު ދެއްވައި، ގެކޮޅުގެ ކުޑަ ދޮރުން ހަނާ އެޅުއްވިއެވެ. އެވަގުތު ޔާމީންގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވެސް ހުންނެވިއެވެ.
މިރޭ ބޭއްވި ހަފްލާގައި ޑރ. މުއިއްޒު ގޮވާލެއްވީ ގައުމުގެ ހަމަޖެހުން ގެނައުމަށް އެއްގަލަކަށް އެރުމަށެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، އެމަނިކުފާނު ނިންމަވާފައި ވަނީ ޕީޕީއެމުން އިންތިހާބު ބޮއިކޮޓް ކުރާށެވެ. ނަމަވެސް އެ ނިންމުން ޕީޕީއެމް/ޕީއެންސީގެ ސެނެޓުން ފާސްވާ ގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން ޕީޕީއެމުން ތާއިދު ކުރަން ޖެހޫނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒަށެވެ.
އިންތިހާބީ ރައީސް ގިނަމީހުން ތިބޭފުޅާ އައް ވޯޓު ދެއްވީ އިސްލާމްދީނާ ގައުމުގެ މިނިވަން ކަމާ އިންސާފުގާއިމުކޮށް ނުހައްގު އަދަބު ލިބިފަ ތިބި ހުރިހާއެއް މެންނައް އިންސާފު ހޯދާދޭނެކަމުގެޔަގީންކަންއޮތީމަ ޔާމިނައް ޓަކައެއްނޫ.
ޒަވިޔަނިއަދި މުޢިއްޒަކަށް ނުބުނެވޭނެ އެހެނެއް، އޭނާގެ ވެރިކަން ފެށުނީމަ ބުނޭ، މިހާރު މިއޮތް ދުވަސްކޮޅު އަތްއުރައިގެނެއް ނުތިބޭނެ، ރައީސް ކަސްތޮޅު އަޅުވަން ކޯޓުތަކަށް އަތްބާނައި ކޮށްފައި ހުރި ކަންކަން ނުރޫޅެނީސް މިނިވަނެއްނުވާނެ، ނޮވެންބަރު 17ގެ ފަހުން ނޫނީ ތިކަމެއްނުވޭނެ، ވަރަށް ސަލާމް.
މުންޖިޗޭކޮންމެ އެއްޗެކޭ ކިއަސް ހިތުގާލާފަ ހުރި ލަކުނުތައް އަދިވެސް ހަމަތާޒާކަމުގާއެބަހުރި ޕީޕީއެމް ޕީއެންސީ މި ވޭތުވި 5 އަހަރު އުޅުނު ހިތްދަތިކަން ދުވަހަކުވެސް ހަނދާނުން ނުފުހެވޭނެ، ކޮންމީހަކަށްވެސް އެނގޭނީ އެމީހަކާ ހިތްދަތިކަމެއްދިމާވީމާ ކުރާއަސަރު، މި 5 އަހަރު ލޮލުންކަރުނަނުހިކި ލޮލުންނިދިފިލާ ރޭގަނޑުގެ އަރާމުނިދީން މަހުރޫމުވެފަ އެފަދަހިތްދަތިހާލުގާ 5 އަހަރު ހޭދަ މި ކުރީ، ނާއިންސާފުން ސަރީއަތްކުރިއްޔޭ މިބުނަނީ އެތައްބައެއްގެ ޚިޔާނާތް އެކުލެވޭ ކަމެއްގާ ހަމައެކަނި ރޔާމީނަށް ސަރީއަތްކޮށް ހަރާންހުކުންކުރީ
މުޒާހަރާރޔާމީން މިއަނިޔާވެރިކަމުގެ 5 އަހަރު ބާއްވާފައޮތީ ޖަލުގާ، ކޮންމެއެއްޗެެއް ކިއަސް ރޔާމީނުގެ ދިފާއުގާ އަޑު އުފުލާނެ، އަދި އެހެން ނޫނަސް އިންތިޚާބީ ރައީސް ރޔާމީގެ ދިފާއުގާ އެއްޗެއް ނުބުނާށެކޭ ވިދާޅެއްނުވެ، އަނިޔާވެރިކަމުގެ ބާރުކެނޑި ދެފިޔައަނދާ ތެލަށްވެއްޓުނީމާ ގެއަށް ބަދަލު ކުރިއަކަސް، އެއީ އެއްބައިވަންތަކަން ދޭގޮތެއްނޫން، ކިތަންމެ ވަރަކަށް ގުޅުންބަދަހި ކުރުމޭ އެހެންމީހުނަށް އޯގާވެރިވިއްޔޭ ކިއަކަސް އެ ވާނީއެއަށް މަޑެއްކޮން ނުތިބޭނެ ހަލަބޮލިވެސް ކުރާނެ sarukaaru ހިނގައިގަތުމާއެކު ތިކިއާ އެއްބައިވަނ
އަމުރު