އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވި އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހަ މަރުހަބާ ވިދާޅުވެއްޖެއެވެ.
ލަންކާގެ ރައީސް ގެ މީޑިއާ ޑިވިޝަން (ޕީއެމްޑީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ވިކްރަމަސިންހަ ވަނީ މުއިއްޒަށް ފޯނުން ގުޅުއްވައި ތަހުނިޔާ ފޮނުއްވާފައެވެ.
ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުންގެ ފޯނުކޯލުގައި ވާހަކަ ދައްކަވާފައިވެއެވޗެ.
އަދި ދެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމަށް ދެބޭފުޅުން ވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއިރު، އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރަނިލް އަލިއަޅުއްވާލެއްވިއެވެ.
ތައުލީމާއި ސިއްހީ ހިދުމަތާއި، ބައިލެޓްރަލް ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓް ފަދަ ތަފާތު ދާއިރާތަކާއި ގުޅޭ މަޝްވަރާތައް ވަނީ ކޮށްފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އިއްޔެ ބޭއްވިއިރު މި އިންތިހާބު ވެސް މުއިއްޒު ވަނީ ބޮޑުތަނުން ކާމިޔާބު ކުރައްވައިފައެވެ.
އެގޮތުން ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ.
ދެން މި އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހަށް 109،862 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު