ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޑރ މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވުމުން ހާމަވެގެން ދިޔައީ އަނިޔާވެރި ނުވާނެ ބަޔަކާއެކު ކުރިއަށްދާން ބޭނުންނުވާކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.
މުއިއްޒަށް އިންތިހާބު ކާމިޔާބުވުމާއި ގުޅިގެން "ހަތާވީސް" އާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ "ދިވެހިންގެ ރާއްޖެ" އަށް ދިޔުމަށް ކަމަށެވެ. މުއިއްޒަށް ރައްޔިތުން ވޯޓުދިނީ ރާއްޖެ މިއަދު މިއޮތް ހާލަތުން ބަދަލުކުރުމަށްޓަކައި ދިން ވޯޓެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ބޭރުގެ ނުފޫޒު ރާއްޖެ ސަލާމަތްކުރުމަށްޓަކައި ދިން ވޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝީޔާމް ވިދާޅުވީ ރައްޔިތުންގެ ބޭނުންވަނީ "އަނިޔާވެރިކަމުން" ސަލާމަތްވެ "ނާގަބިލުކަމުން" ސަލާމާތްވުން ކަމަށެވެ. "ދިވެހި ރައްޔިތުން ބޭނުންވާ ކަންތައްތަކެއް އެބަހުރި. އެ ކަންތައްތައް ހާސިލެއް ނުވޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއި އެކީގައި، ޔަގީނުން އަނިޔާވެރިނުވާނެ ބަޔަކާއި އެކީގައި ދާންވެގެން ދިވެހި ރައްޔިތުންގެ ނިންމުން ނިންމީ " ޝިޔާމް ވިދާޅުވިއެވެ.
މުޅި ރާއްޖޭގައި ބަހައްޓާފައިވާ 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް 585 ފޮށި ގުނާފައިވާއިރު މުއިއްޒު ވަނީ 126،612 ވޯޓު ހޯއްދަވައިފަ އެވެ. މުއިއްޒާ ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ލިބިވަޑައިގަތީ 108،180 ވޯޓެވެ. އެއީ، 18،432 ވޯޓުގެ ފަރަގެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ