ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމުން ގިނަ ބަޔަކު އުފާފާޅު ކުރުމަށް ނިކުމެއްޖެއެވެ.
އެގޮތުން ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދަށް ގިނަ ބަޔަކު ވަނީ އެއްވެފައެވެ. އެއްވެފައި ތިބި މީހުން ގޮވާލަމުން ދަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށެވެ.
މިމަހުހެ 9ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އެމަނިކުފާނު ވަނީ 46 ޕަސެންޓު ވޯޓު ހޯއްދަވައިފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މިއަދު ބޭއްވިއިރު މި އިންތިހާބު ވެސް މުއިއްޒު ވަނީ ބޮޑުތަނުން ކާމިޔާބު ކުރައްވައިފައެވެ.
އެގޮތުން މިހާތަނަށް ގުނުނު ފޮށިތަކުގެ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު ވަނީ 121,042 ވޯޓު ހޯއްދަވައިފައެވެ. ދެން މި އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހަށް 103,515 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން