ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ކުރި މަސައްކަތަށް އެމްޑީއޭ އަށް ޝުކުރު އަދާ ކުރާ ކަމަށާއި އެމްޑީޕީގެ އަޒުމެއް ނުގުޑާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީއޭ އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ތާއީދު ކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ. ދެވަނަ ބުރުގައި އެޕާޓީން އަމަލު ކުރާނެ ގޮތަކާއި ގުޅޭ ގޮތުން މިރޭ އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވިއެވެ.
އެ ބައްދަލުވުމުގައި ޖުމްލަ ތިން ގޮތެއް ހުށަހެޅުނެވެ. ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ހުށަހެޅުއްވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. މިހާރުވެސް އޮތް ގޮތަށް އެމްޑީޕީއާއެކު ކުރިޔަށް ދިއުމަށް ވެސް ހުށަހެޅިއެވެ. ތިންވަނަ ހުށަހެޅުމަށް ހުށަހެޅީ މުއިއްޒަށް ތާއީދު ކުރުމަށެވެ.
ކައުންސިލް ބައްދަލުވުމުގައި ފާސްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ހުށަހެޅުއްވުން ކަމަށްވާ ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަށް ތާއީދު ކުރުމެވެ.
އެމްޑީއޭގެ ނިންމުމަށް އިހްތިރާމްކުރާ ހާލުގައި އެޕާޓީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އެމްޑީޕީއާއެކު ކުރި މަސައްކަތަށް ފައްޔާޒު ވަނީ ޝުކުރު އަދާކޮށް ޓްވީޓެއް ކުރައްވާފައެވެ.
އެ ޓްވީޓުގައި މިރޭ ފައްޔާޒު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ގަދަ ކަނޑުގައި މަސައްކަތްކޮށް ކުރި ހޯދާ ސިޔާސީ ޕާޓީއެއް ކަމަށެވެ. އެޕާޓީގެ ހިތްވަރަކީ އެއްވެސް ބަޔަކަށް ބަލިކޮށްލެވުނު ހިތްވަރެއް ނޫން ކަމަށާއި އެޕާޓީގެ އަޒުމަކީ ގުޑުވާލެވޭނެ އަޒުމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓާއެކު އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވަނީ ކެމްޕެއިންގެ ހުރިހާ ދަތުރެއްގައި ބައިވެރިވެވަޑައިގެންފައެވެ.
ނަމަވެސް ދެވަނަ ބުރުގައި ސިޔާމް އެއްވެސް ކެމްޕެއިން ހަރަކާތަކުން ނުފެނެއެވެ. މުޅިންވެސް ފެންނަމުން ދަނީ އެޕާޓީގެ ނާއިބު ލީޑަރު އަލީ މައުރޫފެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި