ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމެވި ނިންމުން އަނބުރާ ގެންގޮސް ދެވަނަ ބުރުގައި އެމްޑީއޭ އިން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމުމާއެކު، އެޕާޓީގެ މެންބަރު ކަމުން ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވަކިވެއްޖެއެވެ.
އޭނާ އެޕާޓީގެ މެންބަރުކަމުން ވަކިވިކަމުގެ ސިޓީގައި ވިދާޅުވެފައި ވަނީ މިރޭ އެމްޑީއޭ އިން ނިންމި ނިންމުމަކީ ހަރުދަނާ ނިންމުމެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. މިރޭ ބޭއްވި އެމްޑީއޭގެ ކައުންސިލް ބައްދަލުވުމަށް ޝުއައިބު ހުށަހެޅުއްވީ ކުރިންވެސް އޮތް ގޮތަށް ރައީސް ސޯލިހާއި އެމްޑީޕީއާއެކު ކުރިޔަށް ދިއުމަށެވެ.
އެމްޑީއޭ އަށް އޭނާ މީގެ ދެ އަހަރު ކުރިން ގުޅިވަޑައިގަތީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރުދަނާ އަދި ރައްޔިތުން ގަބޫލުކުރާ ސިޔާސީ މަސައްކަތްތަކެއް ކުރުމުގެ ތަނަވަސް ފުރުސަތާއި ޖާގަ އޮންނާނެ ކަމަށް ހިތުގެ އަޑިން ގަބޫލު ކުރާތީ ކަމަށާއި ނަމަވެސް މިރޭ ކައުންސިލުން ނިންމި ނިންމުމަކީ ސިޔާސީ ގޮތުން ގައުމީ ފެންވަރުގައި އޭނާ ރައްޔިތުންނަށް ކޮށްދޭން ނިންމާފައިވާ ކަންކަމަށް ހުރަސް އެޅޭ ފަދަ ނިންމުމެއް ކަމަށް ޝުއައިބު ވިދާޅުވިއެވެ.
އެމްޑީއޭ އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ތާއީދު ކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ. ދެވަނަ ބުރުގައި އެޕާޓީން އަމަލު ކުރާނެ ގޮތަކާއި ގުޅޭ ގޮތުން މިރޭ އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވިއެވެ.
އެ ބައްދަލުވުމުގައި ޖުމްލަ ތިން ގޮތެއް ހުށަހެޅުނެވެ. ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ހުށަހެޅުއްވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. މިހާރުވެސް އޮތް ގޮތަށް އެމްޑީޕީއާއެކު ކުރިޔަށް ދިއުމަށް ވެސް ހުށަހެޅިއެވެ. ތިންވަނަ ހުށަހެޅުމަށް ހުށަހެޅީ މުއިއްޒަށް ތާއީދު ކުރުމަށެވެ.
ކައުންސިލް ބައްދަލުވުމުގައި ފާސްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ހުށަހެޅުއްވުން ކަމަށްވާ ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަށް ތާއީދު ކުރުމެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު
ގިނަ އަދަދެއްގެ ޑުރަގާއެކު ފަސް މީހުން ހައްޔަރުކޮށްފި
ހަޖަމްނުވީ އައުލަބިއްޔަތުން ނިންމުން ނިންމުނީމާ ރީތި ގޮތަކީ ...
ތައުފީގްގަތްވަޅަށް މަރުވާން ނައްޓަަލާ
ާއަސްދަނޑި