އެމްއެންޑީއެފް ހެލިކޮޕްޓަރު ރޭގަނޑުގެ ވަގުތުގައި އާދަޔާ ހިލާފު ގޮތަކަށް އޮޕަރޭޓް ކުރަމުން އަންނަ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ އެމްއެންޑީއެފުން ދޮގުކޮށްފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އައްޑޫ ސިޓީގައި ގަމުގައި އެމްއެންޑީއެފް ސަދަން އޭރިޔާ ކޮމާންޑްގެ ބެލުމުގެ ދަށުގައި އޮންނަ އެމްއެންޑީއެފް ހެލިކޮޕްޓާ ރޭގަނޑުގެ ވަގުތުގައި އާދަޔާ ހިލާފުގޮތަކަށް އޮޕަރޭޓް ކުރަމުން އަންނަ ކަމަށްބުނެ ސޯޝަލް މީޑިއާގައި ހަގީގަތް އޮޅޭގޮތަށް ހަބަރު ފަތުރާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ރޭގަނޑުގެ ވަގުތުތަކުގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ބަލާއިރު ނުރައްކާތެރިކަން ބޮޑު ކަމަކަށްވާތީ، ހެލިކޮޕްޓަރގެ އެކިއެކި އިންސްޓްރުމެންޓްސްގެ އޮޕަރޭޝަނަލް ރެޑިނަސް ހިފެހެއްޓުމަށާއި ޕައިލެޓުން ރޭގަނޑުގެ އޮޕަރޭޝަންތަކަށް އަހުލުވެރިވުމަކީ ގަވާއިދުން ކުރަންޖެހޭ ކަމެެއް ކަމަށެވެ.
ވަކިން ހާއްސަކޮށް ހެލިކޮޕްޓަރުން ބަލިމީހުން އުފުލުމުގައި ރޭގަނޑުވެސް ދަތުރުތައް ކުރަންޖެހޭތީ، އޮޕަރޭޝަނަލް ރެޑިނަސް ހިފަހައްޓައި، ރޭގަނޑުގެ އޮޕަރޭޝަންތަކަށް ޕައިލެޓުން ފަރިތަވެ އަހުލުވެރިވުމަކީ ހެލިކޮޕްޓަރުން ދަތުރުކުރާ އެންމެހާ ފަރާތްތަކުގެ ސަލާމަތަށްވެސް ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށެވެ.
ކަނޑައެޅޭ ތާވަލެއްގެ ތެރެއިން ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ހެލިކޮޕްޓަރުތައް ސްޓޭޝަން ކުރެވިފައިވާ އެމްއެންޑީއެފްގެ އޭރިޔާ ކޮމާންޑްތަކުގައި ޓެސްޓް ފްލައިޓްތައް ކުރިއަށް ގެންދެވެއެވެ.
އެގޮތުން މިރޭގެ ވަގުތެއްގައި ސ.ގަމުގައި އޮންނަ އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގެ ޓެސްޓް ފްލައިޓެއް ބާއްވާފައިވަނީވެސް އެ އުސޫލުން އެމްއެންޑީއެފްއިން ހުއްދަދީގެން އެމްއެންޑީއެފް ސަދަން އޭރިޔާ ކޮމާންޑްގެ ބެލުމުގެ ދަށުން ކަމަށް އެ އިދާރާއިން ބުންޏެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން