ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލާ މީހުންގެ ރީ-ރަޖިސްޓްރޭޝަން ފޯމުތައް ޕްރޮސެސްކޮށް ނިންމާލައި މާދަމާ ޝަކުވާއަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
އީސީީގެ ރައީސް ފުއާދު ތައުފީގް "ހަތާވީސް" އަށް ވިދާޅުވީ ފޯމް ޕްރެސެސް ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި ޝަކުވާ ހުށަހަޅަން މާދަމާ ހުޅުވާލެވޭނެވަރުވާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ ހެނދުނު (ބުރާސްފަތި) އޮފީސް ހުޅުވުމާއެކީ ގާތްގަނޑަކަށް ނުވައެއް ޖަހާކަށްހާއިރު ފެށޭނެވަރު ވާނެ ކަމަށް ލަފާކުރަނީ. އަދި ހަމަ މަސައްކަތް ކުރަމުންދަނީ" ފުއާދު ވިދާޅުވިއެވެ.
ޝަކުވާ ހުށަހަޅަން 48 ގަޑިއިރު ލިބޭނެއެވެ. ފުއާދު ވިދާޅުވީ މިހާރު މަސައްކަތްތައް ހުރި ގޮތުން 48 ގަޑިއިރުން ޝަކުވާތައް ބަލައިނުގަނެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ އެ ލިބޭ ޝަކުވާތައް އަނެއްކާ މީގެ ތެރެއަށް ގެނެސްގެން އިސްލާހުކޮށް ހަދާފައި ފައިނަލް އެއްޗެހިތައް ޕްރިންޓްކޮށްފައި 574 ވޯޓު ފޮށީގެ ވޯޓާސް ލިސްޓު ޕްރިންޓްކޮށްފައި އަޅުގަނޑުމެން އިތުރަށް ޗެކް ކޮށްފައި ހުރިހާ ދާއިރާތަކަށް އެއްޗެހި ފޮނުވަން ޖެހެނީ" ފުއާދު ވިދާޅުވިއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި ވޯޓުލާން 47،714 މީހުން ވަނީ ރީ ރަޖިސްޓްރީވެފައެވެ.
ދެވަނަ ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭއިރު އަލަށް ވޯޓުލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ލިބެއެވެ.
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން
ބީއެމްއެލްގެ ހައުސިން ޕްރޮޖެކްޓަށް 720 ޔުނިޓު އިތުރުކުރަނީ
ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިއްޖެ
ރައީސް މުއިއްޒު އަދި ސަރުކާރާ ގުޅޭ ބޮޑު ތުހުމަތެއް މުންދު ދޮގުކޮށްފި
ހުޅުމާލޭ އެޕާޓުމަންޓެއްގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރަށް
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި