ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކާ ހިޔާލު ހޯދުމުގެ ވޯޓު އަލުން ނެގުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ގޮތެއް ނިމެންދެން މަޖިލިސް މިއަދު ކުރިއަށް ގެންދިއުމަސް ފާސްކޮށްފިއެވެ.
އެގޮތަށް ފާސްކުރީ 17 މެންބަރުންގެ ވޯޓުންނެވެ. އެ ވޯޓުގައި އެމްޑީޕީ މެމްބަރުން ބައިވެރިވެވަޑައި ނުގަންނަވައެވެ.
މަޖިލީހުން މީގެ ކުރިން ފާސްކުރަނީ ގަރާރަށް ބަހުސް ކުރަން އެދޭ ހުރިހާ މެމްބަރުން، ވާހަކަ ދައްކާ ނިމެންދެން މަޖިލިސް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މިއަދު ފާސްކުރީ ގަރާރުގެ ހުރިހާ މަސައްކަތެެއް ނިމެންދެން މަޖިލިސް ކުރިއަށް ގެންދިއުމަށެވެ. އެގޮތަށް ފާސްވުމުން މަޖިލިސް ނިންމާލާނީ އެ ގަރާރު މަޖިލީހުން ފާސްކޮށް، ކޮމެޓީން ގޮތެއް ނިންމައި، އަލުން ތަޅުމަށް ހުށަހަޅައި ބަހުސްކޮށް ފާސްކޮށްގެންނެވެ.
މި ގޮތަށް މަޖިލިސް ކުރިއަށް ގެންދަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެވަޑައިގެންނެއެވެ.
ނިޒާމީ ވޯޓަކަށް ދިއުމަށް އަބަދުމެ، ވަކާލާތު ކުރައްވާ ނަޝީދު މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި ވިދާޅުވީ "އަޅުގަނޑު ގަސްތުކުރަނީ މިއަދުގެ މަޖިލިސް ނިންމައި ކުރިއަށް ގެންދަން" ކަމަށެވެ.
"...އެއީ މި މައްސަލަ ނިމެންދެން. މި މައްސަލައިގެ ބަހުސް ނިމި، އަދި މުޅި މަޖިލީހުގެ ކޮމެޓީއަކަށް މައްސަލަ ގެންދެވި އެ ކޮމެޓީގެ މަސައްކަތް ނިމި އަލުން އަބުރާ ތަޅުމަށް މައްސަލަ ހުށަހެޅި މައްސަލައަށް ވޯޓަށް އެހުން. އަޅުގަނޑު އުންމީދު ކުރަން މަޖިލީހުގެ ހުރިހާ މެމްބަރުން މި މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް،" ނަޝީދު ވިދާޅުވިއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 
		
ކޯލިޝަން ހަދައިގެން ކޯލިޝަން ދަމަހައްޓަން ނޭނގޭ ބަޔަކަށް، ބަރުލަމާނީ ނިޒާމެއް ނުހިންގޭނެ. ނަޝީދަކީ ކޯލިޝަން ހަދައިގެން އެންމެ ފުރަތަމަ ވެރިކަންމަށް އައި މީހާ، އޭނާގެ ވެރިކަމަށް ދެ ހަފްތާ ނުވޭ، ގާސިމް ބޭރުކޮށްލައިފި، ހަސަން ސައީދު، އެއްލާލީ. އަންނިގެ އިހްލާސްތެރިކަން ނެތް މިންވަރު އެ ފެންނަނީ. ގިނަ ބަޔަކު ލައިގެން، އެކުގައި އުޅެން ނޭނގޭ މީހަކަށް ބަރުލަމާނީ ނިޒާމެއް ނުހިންގޭނެ. ބަރުލަމާނީ ނިޒާމަކީ ކޯލިޝަންގެ ތެެރެއިން އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ބަޔަކަށް ވެރިކަން ކުރަން ލިބޭ ނިޒާމު
އަހައްމަދުއަމިއްލަ އެދުމާއިގެން ފޯވެފައި. މި ގައުމުގައި ނެތް ބަހުސެއް އަމިއްލައަށް އުފަންކޮށްގެން، އަމިއްލަ އެދުން ފުއްދުމަށް ތިކަން ތިކުރަނީ. ތިކަމެއް ނުވާނެ. ތިކަން ކުރަން ދިވެހުން ޖާގައެއް ނުދޭނެ.
ރަނގަޅު ކުއްޖާ